ނިބްރާސް އިވާން

އަމިއްލަ ދަނޑުގައި ކުޅެ ގޮއިދޫ ޓީމުން ބިލެށްފަހި ބަލި ކޮށްފި

މިލައުތުރު ފުޓްސަލް ފިއެސްޓާ ގައި މިރޭ ކުޅެވިގެން ދިޔަ ގްރޫޕް އޭ ގެ3 ވަނަ މެޗް ގޮއިދޫ ޓީމުން ބިލެއްފަހި މަައްޗަށް ކުރި ހޯދައިފިއެވެ. މި މެޗް ގޮއިދޫ ކާމިޔާބު ކޮށްފައިވަނީ ބިލެއްފަހި ކޮޅަށް3 ލަނޑު ޖަހައިގެނެވެ. ބިލެއްފަހި ޓީމަށް މި މެޗްގައި ކާމިޔާބު ކުރެވިފައިވަނީ އެންމެ ލަނޑެކެވެ. މި މުބާރާތުގެ ގްރޫޕް އޭ ގެ މެޗަތަށް ކުޅެން ހަމަ ޖެހިފައިވަނީ ށ.ގޮއިދޫގައި ކަމުން، ގޮއިދޫ ޓީމުން މެޗް ކުޅެފައިވަނީ އަމިއްލަ ރަށުގައި އަމިއްލަ ތަނޑުގައެވެ. މިހެން ކަމުން ގިނަ އަދެދެއްގެ ގޮއިދޫ ސަޕޯޓަރުން މެޗް ބަލަން ގޮސްފައި ތިބިކަން ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި އެކި އުމުރު ފުރައިގެ ކުދިބޮޑު ރައްޔިތުން ހިމެނެއެވެ.

މެޗް ފެށިގެން ގޮސް ނިމުމާއި ހަމަ އަށް ވެސް ދެ ޓީމުން  މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފައި ވާއިރު ގޮއިދޫ ޓީމުން މި ހާފުގައި 2 ލަނޑު ކާމިޔާބު ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެ ޓީމަށް ލަނޑު ތަށް ކާމިޔާބު ކޮށްދީފައި ވަނީ ޓީމްގެ ޖާޒީ ނަންބަރ 31 މުޙައްމަދު މިސްބާހް، ޖާޒީ ނަންބަރ 19 މުޙައްމަދު އަހުސަމް އަދި3 ވަނަ ލަނޑު ކާމިޔާބު ވެފައިވަނީ އަހުސަމް ފޮނުވާލި ބޯޅައެށް ބިލެއްފަހި ކީޕަރ ގައިގައި ޖެހި ގޯލައިގެ ތެރެއަށް ވަދެގެނެވެ.

މެޗްގެ ފަހު ހާފުގައި ގޮއިދޫ ޓީމުން ޑިފެންސިވް ކުޅުމެއް ކުޅެމުން ދިޔަކަމުގައި ވިޔަސް ބިލެއްފަހި ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެށް ފޮނުވާލާފައެވެ. މިގޮތުން ބިލެއްފަހި ޓީމުގެ ޖާޒީ ނަންބަރ5 ޝަފްރާޒް ފޮނުވާލި ބޯޅައެއް ވަނީ ގޯލަ އަށް އަމާޒްވެ އެންމެ ފަހު ވަގުތު ކޮޅުގައި އެ ޓީމަށް ސުން ގަނޑުވައި ދީފައެވެ. މިރޭ ކުޅެވިގެން މިދިޔަ މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މެޗްގައި އާދަޔާ ޙިލާފު މޮޅު ކުޅުމެއް ދައްކާދީފައިވާ ގޮއިދޫ ޓީމުގެ ޖާޒީ ނަންބަރ 19 މުޙައްމަދު އަހުސަމް އެވެ.

މިމުބާރާތުގައި ގޮއިދޫ ޓީމް ކުޅޭ ދެވަނަ މެޗް އޮންނާނި މި މަހުގެ22 ވަނަ ދުވަހު ގެ16:00 ގައެވެ. މި މެޗްގައި ގޮއިދޫ ބައްދަލު ކުރާނީ ފޯކައިދޫއެވެ.

 

© 2023 milauthuru. All rights reserved.