ފުޓްބޯޅައިގައި އަތޮޅުތެރޭގައި އެންމެ ނަން މަޝްހޫރު އެއް ކްލަބްކަމަށް ވާ ފޯކައިދޫ ފުޓްބޯޅަ ކްލަބުގެ ކޯޗަކަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސައިފް ހަމަޖައްސައިފިއެވެ.
ށ. އަތޮޅު ކައުންސިލުން އިންތިޒާމްކުރާ މިލައުތުރު ފުޓްސަލް މުބާރާތުގައި ފޯކައިދޫ ޓީމް ކުޅޭ މެޗްތަކުގައި ކޯޗްކޮށްދޭނީ ސައިފުއެވެ. ސައިފް އަކީ ފޯކައިދޫގެ ފުޓްބޯޅައިގާ ނަންހިނގާ ހުނަރުވެރި ކުޅުންތެރިއެކެވެ. ފޯކައިދޫ ޕްރިމިއާރ ލީގުގައި ކްލަބް މިލާންއަށް ކުޅުމުގެ އިތުރުން ފޯކައިދޫ އެފްސީއަށް ވެސް ގިނަ މެޗްތަކެއް ކުޅެދީފައި ވާ މޮޅު ފޯވަރޑެއް އަދި މިޑްފީލްޑަރެކެވެ. އަދި މިހާރު ކޯޗްކުރުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ އަތޮޅުގެ އެންމެ ވަރުގަދަ އެއް ކޯޗެވެ.
ފޯކައިދޫ ޓީމްގެ ކޯޗާއި ކުޅުންތެރިންނަށް ޖާޒީ ޙަވާލުކުރުން އޮތީ އެކަމަށްޓަކައި ރޭގައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައި ރާއްޖޭގެ ޒުވާން މަސްވެރިޔާ ސާޖިންއެވެ. މިލައުތުރު ފުޓްސަލް މުބާރާތައް ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ފޯކައިދޫއިން ވަނީ އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައެވެ. ފޯކައިދޫ ހިމެނެނީ ގްރޫޕް-އޭ ގައެވެ. އަދި ފޯކައިދޫ ކުޅޭ ފުރަތަމަ މެޗް މިއަދު ށ. ގޮއިދޫގައި އޮންނާނެއެވެ.