މިހާރު ފެށިގެން ކުރިއަށްދާ މިލައުތުރު ފުޓްސަލް ފިއެސްޓާގައި ކަނޑިތީމު ޓީމުންް އެ ޓީމުގެ ދެވަނަ މެޗް ވެސް ކާމިޔާބު ކޮށްފިއެވެ. މުބާރާތުގައި ކަނޑިތީމު ކުޅުނު ދެވަނަ މެޗްގައި މިއަދު ވާދަ ކޮށްފައި ވަނީ ނޫމަރާ އާއި ދެކޮޅަށެވެ.
ކަނޑިތީމު ޓީމުން މެޗް ކާމިޔާބު ކޮށްފައިވަނީ3-1 ގެ ނަތީޖާ އަކުންނެވެ. މި މެޗްގައި ދެ ޓީމުން ވެސް މޮޅު ކުޅުމެއް ދައްކާ ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއްވެސް ދެ ޓީމަށް ވަނީ ލިބިފައެވެ. މިގޮތުން މެޗްގެ ފުރަތަމަ ހާފުގައި ކަނޑިތީމު ޓީމުން ފުރަތަމަ ލަނޑު ކާމިޔާބު ކުރިތާ މާއިރު ތަކެއް ނުވަނިސް ނޫމަރާ ޓީމުން ވަނީ އެ ޓީމްގެ ފުރަތަމަ ލަނޑު ޖަހާ މެޗް ގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ކަނޑިތީމު ޓީމަށް ލަނޑުތަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ވާފިރު(ހުސެން ޕީ)، ނިހާން އަދި އިނާން އެވެ. ނޫމަރާ ޓީމަށް އެ ޓީމުގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފުއާދެވެ.
މިއަދު ހަވީރު ކުޅެވުނު މި މެޗްގެ މޭން އޮފް ދަ މެޗް ކަން ލިބިފައި ވަނީ ކަނޑިތީމު ޓީމުގެ ޖާޒީ ނަންބަރު 80 ޝާން އަށެވެ. މޭން އޮފް ދަ މެޗަށް ފިލާ ހަވާލު ކޮށްދީފައިވަނީ މުބާރާތުގެ ޝަރަފްވެރި މެހެމާން ޢަލީ އަޝްފާގް(ދަނގަޑޭ) އެވެ. ގުރޫޕް ބީ ގެ މެޗްތައް ބައްލަވާލުމަށް ފަހު ދަނގަޑޭ ގޮއިދޫ އަށް ގޮސްފައިވަނީ މިއިދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި ގޮއިދޫ އިން ދަނގަޑޭއަށް ހޫނު މަރުޙަބާއެއް ކިޔާފައިވާކަންވެސް ފާހަގަ ކޮށްލެވެ އެވެ.