މިލައުތުރު ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ގޮއިދޫގައި ބިލެތްފަހިކޮޅަށް ފޯކައިދޫ އެފްސީ 6 ލަނޑު ޖަހައިފިއެވެ. މި މެޗްގައި ބިލެތްފަހީ ޓީމަށް ފޯކައިދޫގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވެ 6 – 0 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރީ ފޯކައިދޫއެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ %70 ކުޅުނީ ފޯކައިދޫ އެފްސީއެވެ. އަދި ލަނޑު ޖަހާނެ 10 ފުރުޞަތު ފަހިކޮށްފައި ވެއެވެ. ބިލެތްފަހީ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުޞަތުތައް ލިބި ގެއްލިފައި ވެއެވެ.
މި މެޗްގައި އެންމެ މޮޅަށް ކުޅުނު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ފޯކައިދޫގެ ޖާޒީ ނަންބަރު 25 މުޙައްމަދު އަފްރާޙްއެވެ. އަފްރާހަކީ ފޯކައިދޫ ޓީމުގެ ގޯލްކީޕަރެކެވެ. ހުނަރުވެރި ޒުވާން ކުޅުންތެރިއެކެވެ. މިއީ ފޯކައިދޫ އެފްސީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ފޯކައިދޫ އެފްސީގެ ހެޑް ކޯޗަނީ ޙުސައިން ސައިފްއެވެ.
ފޯކައިދޫ އެފްސީ އަކީ 1986 ވަނަ އަހަރުން ފެށިގެން އެއްވެސް މެދުކެނޑުމެއް ނެތި ފުޓްބޯޅަ ކުޅެމުން އަންނަ އުތުރުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. ފޯކައިދޫ އެފްސީގެ ކާމިޔާބުތަކަށް ބަލައިލާ އިރު، 1986 ، 1987 ގައި އަތޮޅު ޗެމްޕިއަންކަމާއި، ބޮޑުތިލަދުންމަތީ ކެމްޕިއަންކަން ހޯދުމުގެ އިތުރުން ޒޯން ޗެމްޕިއަންސް ލީގުގައި ކުޅެފައި ވެއެވެ.
2002، 2003، 2005 ގައި އަތޮޅު ޗެމްޕިއަންކަމާ، 2005 ވަނަ ޤައުމީ މުބާރާތާއި ޒޯން-2 ގެ ޗެމްޕިއަންކަން ހޯދާފައި ވެއެވެ. 5005 ، 2006 ގައި ފުރަތަމަ ޑިވިޛަން ޖޯން 1 – 8 ގެ ދެވަނަ ހޯދާފައި ވެއެވެ. 2007 ވަނަ އަހަރު ފުރަތަމަ ޑިވިޛަންގެ ޒޯން ޗެމްޕިއަންކަން ހޯދާފައި ވެއެވެ.
2005، 2006، 2007 ގައި ދިވެހި ލީގުގައި ކުޅެފައި ވެއެވެ. އަދި 2015 ވަނަ އަހަރު ބޮޑުތިލަދުންމަތީގެ ޗެމްޕިއަންކަމާ މިނިވަން 50 ޗެމްޕިއަންކަން ހޯދުމުގެ އިތުރުން މުޅިރާއްޖެ އިން 4 ވަނަ ހޯދާފައިވެއެވެ.
5 Replies to “ބިލެތްފަހިކޮޅަށް ފޯކައިދޫން 6 ގޯލް ޖަހައިފި”
Anonymous
އޮބި
މުޙައްމަދު ބިން ޢަލީ
އަޅުގަނޑު މިއަދާ ޖެހެންދެން ހީކުރަމުންއައީ އަފްރާޙް ކުޅޭނީ ގޯލް އަށް ކަމަށް
ކޯޗް
ހީވަނީ ލިޔުމުގެ ކުށެއް ހެން!
ޢަލީ
ވަރަށް ފޯކައިދޫ ވަސް ދުވާ ވެބްސައިޓެއް.
ބިލެތްފަހި ބޮކޭ
އެކަން ވެސް މައްސަލައަކަށް ވީތޯ!
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި