މިލައުތުރު ފުޓްސަލް މުބާރާތުގު ގުރޫޕް އޭ ގައި މިއުދު ހަވީރު ކުޅެވުނު ދެ ވަނަ މެޗް ތަފާތު ބޮޑު ނަތީޖާ އަކުން ފީވަކު ޓީމު މެޗް ކާމިޔާބު ކޮށްފިއެވެ. މިއިދު ހަވީރު ކުޅެވިގެން ދިޔަ ގުރޫޕް އޭ ގެ އަށް ވަނަ މެޗް ގައި ބައްދަލު ކޮށްފައި ވަނީ ނޫމަރާ އަދި ފީވަކެވެ. ފީވަކުން މެޗް ކާމިޔާބު ކޮށް ފައިވަނީ 4-1 ގެ ނަތީޖާ އަކުންނެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖް ގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފީވަކު ޓީމުން ވަނީ މި މެޗް ގައި ހެޓްރިކް ވެސް ހަދައިފައެވެ. މެޗް ގެ މޭން އޮފް ދަ މެޗަކަށް ފީވަކު ޓީމުގެ ޖާޒީ ނަންބަރު 10 މުޙައްމަދު ފާރިސް ހޮވިފައިވާއިރު މީނާ ވަނީ ނޫމަރާ ކޮޅަށް މި މެޗްގައި3 ލަނޑު ޖަހައިފައެވެ. ނޫމަރާ ޓީމަށް ވެސް މި މެޗް ގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ދިޔަ ކަމުގައި ވިޔަސް ލިބުނު ގިނަ ފުރުސަތު ތަކުގެ ބޭނުން އެ ޓީމަށް ވަނީ ނުހިފިފައެވެ. ނޫމަރާ ޓީމުން މި މުބާރާތުގައި ކުޅުނު ތިން މެޗް ގެ ތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވިފައިވަނީ ކުޅުނު ފުރަތަމަ މެޗް އެކަނިއެވެ.
މި މުބާރާތުގައި ނޫމަރާ ދެން ކުޅެން ހަމަ ޖެހިފައި ވަނީ ބިލެއްފަހި ޓީމާއި ދެކޮޅަށެވެ. މި މެޗް ކުޅުމަށް ހަމަ ޖެހިފައި ވަނި މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 16:00 ގައެވެ. ފީވަކު ޓީމުން ދެން މެޗެއް ކުޅުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 20:15 ގަ ގޮއިދޫ ޓީމާއި ދެކޮޅަށެވެ.