މިލައުތުރު

ރޮނާލްޑޯ: އިދިކޮޅޭމެން މަލާމާތް ކުރަން ހަމަ ފަށާއިރަށް، މުޅި ދުނިޔެ ހެއްވާލާ މޮޅު ކުޅުންތެރިއެއް!

ޔޫރަޕްގެ ނޭޝަންސް ލީގު ސެނީ ފައިނަލުގައި 2-1 އިން ޖަރުމަނު ވިލާތް ބަލިކޮށް، ޕޯޗުގަލްއަށް ފައިނަލުން ޖާގަ ހޯދައިދީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާ ވެސް އޭނާގެ ސަޕޯޓަރުން ހެއްވާލުމާއެކު މުޅި ދުނިޔެ ހައިރާން ކޮށްލައިފިއެވެ.

ސެމީފައިނަލް މެޗްގައި ޖަރުމަނު ވިލާތުން ފުރަތަމަ ހާފު ޑޮމިނޭޓް ކޮށް ގިނަ ހަމަލާތަކެއް އުފެއްދި އިރު، ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ސޭވް ކޮށްފަ އެވެ. ދެވަނަ ހާފު ފެށިގެން 3 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ސަބަބުން ލީޑް ލިބުނެވެ.

ބަދަކު ކުޅުންތެރިއެއް ގޮތުގައި ފަހު ހާފުގައި ކުޅެން ނިކުމެ ފްރަންސެސްކޯ ކޮންސެސާއޯ  ވަނީ 63 ވަނަ މިނެޓުގައި ގޯލެއް ޖަހައިދީ އެއްވަރު ކޮށްދީފައެވެ. އޭގެ ފަސް މިނެޓު ފަހުން ނޫނޯ މެންޑޭޒް ނަގައިދިން ޕާހަކުން ރޮނާލްޑޯ ގޯލް ޖަހާ ޕޯޗުގަލް މޮޅުކޮށްދިނެވެ.

މިއީ އުމުރުން 40 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައިދިން 137 ވަނަ ގޯލެވެ. އަދި 2000 ވަނަ އަހަރުގެ ފަހުން ޕޯޗުގަލް އަށް ޖަރުމަނު ވިލާތް ބަލިކޮށްލެވުނު ފަހަރު ވެސް މެއެވެ. 2019 ވަނަ އަހަރު ބޭއްވި ފުރަތަމަ ނޭޝަންސް ލީގު ކާމިޔާބު ކޮށްފައިވާ ޕޯޗްގަލް އިން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުމަށް އޮތް ފުރުޞަތު ލިބިގެން ހިނގައްޖެއެވެ.