ބޮޑުއީދުގައި މުޅި ރާއްޖެ އެކަމަށް އިންތިޒާރުކުރާ އެއް ހަރަކާތަކީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މި އަހަރުގެ މަށިމާލި ޕެރޭޑްގައި ވެސް އުފެއްދުންތެރި އެތަކެއް ފާޑުކިއުންތަކެއް ތަމްސީލު ކޮށްދީފައި ވެއެވެ.
ބިއްލޫރި ޓަނަލާއި، ފެން ބަންކަރިންގ އާއި، މީޓަރަކަށް ކޭހެއް، އުނބު ޓާން 2.0 އާއި، ޓެމޫ ޕްރިންސްގެ އިތުރުން ހުސްދޮގު މިއީ ފާހަގަކޮށްލެވޭ ފާޑުކިއުންތަކެކެވެ.
ކުޅުދުއްފުށީ މަށިމާލި ޕެރޭޑްގައި ހުށަހަޅައިދޭ ބައެއް ފުޅަނދުތަކާއި، އެެހެނިހެން އައިޓަމްތަކާ މެދު ގިިނަ ދުވަސްތަކެއް ވަންދެން ބަހުސްތައް ކުރަންޖެހެއެވެ. އެއީ ވެސް މި ޕެރޭޓަށް ލިބޭ ތަރުޙީބު އިތުރުވާ ސަބަބެކެވެ.
ކުޅުދުއްފުށީގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުން ބައިވެރިވާ ބޮޑުއީދުގެ މި ޚާއްސަ ކުޅިވަރު ހަރަކާތަކީ އެމީހުންގެ ޒަމާންވީ އާދަކާދަތަކާ ސަަމާސާކަން ވަރަށް ފުރިހަމައަށް ތަމްސީލުކޮށްދޭ ހަރަކާތެކެވެ.
މި އަހަރުގެ މަށިމާލި ޕެރޭޑަކީ ވެސް ހަމަ ވަރަށް އުފެންދުންތެރި، ބަލާ މީހުން މުނިފޫހި ފިލުވާލަދިން މަޖާ ޕެރޭޑެކެވެ. މި ޕެރޭޑް ހަމަލޮލުން ބަލައިލުމަށްޓަކައި އަވައްޓެރި ރަށްތަކުން އެތައް ސަކޭތަ މީހުންނެއް ޒިޔާރަތްކުރެއެވެ.