މިލައުތުރު

ރަށަކަށް ދޫކުރާނެ ރަށެއް ނެތް، މުޅި ރާއްޖޭގައި ބޮޑުއީދުގެ ކުޅިވަރުތައް ފެށިއްޖެ.

އަޟުޙާ ޢީދު (ބޮޑުއީދު) އަކީ އަބަދުވެސް ރާއްޖޭގެ ރައްޔިތުން ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ޢީދެކެވެ. އިހުޒަމާނުއްސުރެ ބޮޑުއީދަކީ ދިވެހީން ފާހަގަކުރަމުން އަންނަ ކުޅިވަރުގެ މޫސުމެކެވެ. މި އަަހަރު ވެސް ބޮޑުއީދުގެ ފޯރި ހަމަ ވަރަށް ގަދައެވެ. ވަކި ރަށެއް ނޫނެވެ. ހުރިހާ ރަށެއްގައި ވެސް އީދު ފޯރި އެބައޮތެވެ.

ކުޅިވަރު ހަރަކާތްތައް ގިނަ ރަށްރަށުގައި ރޭގައި ވަނީ ފެށިފައެވެ. އަދި ކުޅިވަރުތައް ބަލައިލުމަށްޓަކައި ރަށްރަށުގެ ކުދި ބޮޑު އެންމެން ނިކުމެ އުފަލުގައި އުޅޭ މަންޒަރުތައް ފެނެއެވެ. ބޮޑުއީދަކީ އާއިލާތައް އެކުގައި ޗުއްޓީ ހަދާލާ މަޖާކޮށްލުމަށް ލިބޭ ފުރުސަތެކެވެ.

ބޮޑުއީދު ބަންދަނީ މާލޭގައި ދިރިއުޅޭ އާއިލާތަކަށް އެމީހުންގެ ގާތްތިމާގެ މީހުން ކައިރިއަށް ޒިޔާރަތްކޮށްލަން ވެސް ލިބޭ ރަނުގެ ފުރުސަތެކެވެ. އެގޮތުން ރަށުން ބޭރުގައި ދިރިއުޅެންޖެހިފައިވާ އާއިލާތައް، ބޮޑުއީދަށް އުފަން ރަށަށް ދިއުމަކީ އެމީހުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މި އަަހަރުގެ ބޮޑުއީދު ފެށުމާއެކު މާލޭގައި މީހުން މަދުކަމުގެ ފަޅުކަން އިހުސާސް ކުރެވޭ މިންވަރަށް އެހެން ރަށްރަށަށް މީހުން ދަތުރުކޮށްފިއެވެ. އަބަދު ތޮއްޖެހިފައި އޮންނަ މާލޭގެ ބަނދަރު ވެސް އެއްކޮށް ކަހަލަގޮތަކަށް ވަނީ ހުސްވެފައެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟