ނިބްރާސް އިވާން

މޮޅޫ ކުޅުމެއް ކުޅެ ކަނޑިތީމުން ތަފާތު ދައްކައިފި

މިހާރު ފެށިގެން ކުރިއަށްދާ މިލައުތުރު ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު މެޗް ގައި ފޭދޫ އާއި ބައްދަލުކޮށް ކަނޑިތީމު ޓީމުން ތަފާތު ދައްކައިފިެއވެ. މިރޭ ފޭދޫ އާއި ދެކޮޅަށް ކުޅުނު މެޗް ގައި ކަނޑިތީމު ވަނީ 5 ލަނޑު ޖަހާފައެވެ، ފޭދޫ ޓީމަށް މި މެޗްގައި ޖެހިފައިވަނީ 2 ލަނޑެވެ. މިރޭ މި ލިބުނު މޮޅާ އެކު ކަނޑިތީމު ޓީމުން ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗް ވެސް ކާމިޔާބު ކޮށް ކުއާޓާ ފައިނަލާއި ގާތަށް ފިޔަވަޅެއް އަޅާފައެވެ.

5-2 ގެ ނަތީޖާ އަކުން މި މެޗް ކަނޑިތީމުން ކާމިޔާބު ކޮށްފައިވާ އިރު އެ ޓީމުގެ ޖާޒީ ނަންބަރު 8 ރައުލް ނިޔާޒް ވަނީ އެ ޓީމަށް ތިން ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ޖާޒީ ނަންބަރު 15 އާދަމް ތައުފީޤާއި ޖާޒީ ނަންބަރު 17 މުޙައްމަދު އިޔާޝް ޢަލީ ވެސް ވަނީ ކަނޑިތީމު ޓީމަށް ލަނޑު ކާމިޔާބު ކޮށްދީފައެވެ. ފޭދޫ ޓީމަށް ލަނޑު ތައް ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެ ޓީމުގެ ޖާޒީ ނަންބަރު 4 އަޙްމަދު ފާއިން މުޙައްމަދު އަދި ޖާޒީ ނަންބަރު 10 މުޙައްމަދު މާއިލް އެވެ. މެޗް ގެ މޭން އޮފް ދަ މެޗް ކަން ލިބިފައި ވަނީ މެޗް ގައި އާދަޔާ ޙިލާފު މޮޅު ކުޅުމެއް ދައްކައި ކަނޑިތީމު ޓީމަށް ހެޓްރިކް ހަދައިދިން އެ ޓީމުގެ ޖާޒީ ނަންބަރު 8 ރައުލް ނިޔާޒެވެ. ރައުލް އަކީ މި މުބާރާތުގައި ކަނޑިތީމު ކުޅެފައިވާ ހުރިހާ މެޗެއްގައިވެސް ތަފާތު ދައްކަމުން އަންނަ ހުނަރުވެރި މޮޅު ޒުވާން ކުޅުންތެރިއެކެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކަނޑިތީމު ޓީމު ފޯކައިދޫ އާއި ބައްދަލު ކުރަން ހަމަ ޖެހިފައިވާ އިރު، ފޭދޫ ޓީމުން ދެން މެޗެއް ކުޅެން ހަމަ ޖެހިފައިވަނީ ބިލެއްފަހި ޓީމާއި ދެކޮޅަށެވެ. މި މެޗް ކުޅުމަށް ތާވަލު ކުރެވިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 16:00 ގައެވެ.

One Reply to “މޮޅޫ ކުޅުމެއް ކުޅެ ކަނޑިތީމުން ތަފާތު ދައްކައިފި”

  1. ހަލީމް

    ސާބަހޭ ކަނޑިތީމް ޒުވާނުން!

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.