މިލައުތުރު ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ނޫމަރާ އަދި ބިލެއްފަހި ބަދަލު ކުރި މެޗު 3-1 ގެ ނަތީޖާ އަކުން ބިލެއްފަހި ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ށ.ގޮއިދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗަކީ ގުރޫޕް އޭ ގެ ދިހަ ވަނަ މެޗެވެ. މި މެޗާއި އެކު މުބާރާތުގައި ނޫމަރާ ޓީމަށް ހަތަރު މެޗް އަދި ބިލެއްފަހި ޓީމަށް މިވަނީ ތިން މެޗު ކުޅެވިފައެވެ. އަދި މިއީ މުބާރާތުގައި ބިލެއްފަހި ޓީމަށް ލިބުނު ފުަރަތަމަ ކާމިޔާބީ ކަންވެސް ފާހަގަ ކޮށްލެވެއެވެ.
ބިލެއްފަހި ޓީމުން އަދަޔާ ހިލާފު މޮޅު ކުޅުމެއް ދެއްކި މި މެޗުގައި އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮއްދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 7 އަޙްމަދު އިބްރާހިމް، ޖާޒީ ނަންބަރު 10 މުޙައްމަދު އަފްސާން އަދި އެ ޓީމުގެ ޖާޒީ ނަންބަރު 77 ޢަލީ އިފްރާދެވެ. ނޫމަރާ ޓީމަށް އެ ޓީމުގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދީފައިވަނެެ ޓީމުގެ ޖާޒީ ނަންބަރު 10 މޫސާ ސަނީހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ ކަން ލިބިފައިވަނީ ބިލެއްފަހި ޓީމުގެ ޖާޒީ ނަންބަރު 77 ޢަލީ އިފްރާދެވެ.
މި މުބާރާތުގައި ދެން ބިލެއްފަހި ޓީމުން ފޭދޫ އާއި ބައްދަލު ކުރާ ގޮތަށް ހަމަ ޖެހިފައިވާއިރު ނޫމަރާ ބައްދަލު ކުރަން ހަމަ ޖެހިފައި ވަނީ ފޯކައިދޫ ޓީމާއި ދެކޮޅަށެވެ. މި ދެ މެޗު ވެސ ކުޅެން ހަމަ ޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގައެވެ.