އައިޝަތު ވަޙީދާ

މިލަންދޫ ބޮޑު މޮޅަކާއި އެކު ކުއާރޓާފައިނަލަށް

މިލައުތުރު ފުޓްސަލް މުބާރާތް ގައި ގުރޫޕް ބީ ގެ ބާރަވަނަ މެޗުގައި މިލަންދޫއިން 6-0 އިން މާއުނގޫދޫ ބަލިކޮށް ކުއާރޓާފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗުގައި މިލަންދޫ ޓީމުގެ ފަރާތުން ކޮންމެ ހާފެއްގައި 3 ލަނޑު ވަނީ ޖަހާފައެވެ. މި މެޗުގައި މިލަންދޫ ޓީމުގެ ޖާޒީ ނަންބަރ 30 އަޙްމަދު ޝާނީ (ދަގޭ) 3 ލަނޑު ޖަހައި ހެޓްރިކް ހެދިއެވެ. މިއީ މި މުބާރާތުގައި އޭނާ ހެދި ދެވަނަ ހެޓްރިކެވެ. މިލަންދޫ ޓީމުން ދެން ލަނޑުތައް ކާމިޔާބު ކޮށްދިނީ ޖާޒީ ނަންބަރ 7 އިބްރާހިމް ޒާހީ ދެލަނޑު އަދި ޖާޒީ ނަންބަރ 21 އިސްމާޢީލް ފަތުޙީއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިލަންދޫ ޓީމުގެ ޖާޒީ ނަންބަރ 7 އިބްރާހިމް ޒާހީއެވެ. މިމޮޅާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ މިލަންދޫ ޓީމުން މިވަނީ މުބާރާތުގެ ކުއާރޓާފައިނަލަށް ދަތުރު ކޮށްފައެވެ. މިލަންދޫ ޓީމުން އަންނަ އާދީއްތަ ދުވަހު ނުކުންނާނީ މަރޮށި ޓީމާއި ދެކޮޅަށެވެ. މިމެޗުން ބަލިވި މާއުނގޫދޫ ޓީމުން ހޮނިހިރު ދުވަހު ހަވީރު ނުކުންނާނީ ޅައިމަގު އާއި ދެކޮޅަށެވެ.

© 2023 milauthuru. All rights reserved.