ނިބްރާސް އިވާން

މިލައުތުރު ފުޓްސަލް މުބާރާތުގެ ގްރޫޕް-އޭ ގެ ޕޮއިންޓް ތާވަލުގެ އުސްއަލިތައް!

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މިލައުތުރު ފުޓްސަލް ޓޯނަމެންޓްގެ ގުރޫޕް ސްޓޭޖްގައި މިހާތަނަށް މި ވަނީ 4 ދުވަސް މަތިން 24 މެޗު ކުޅެވިފައެވެ. ގުރޫޕެއްގައި ހަތް ޓީމު ހިމެނޭ ގޮތަށް ޖުމްލަ 14 ޓީމު ބައިވެރިވެގެން ކުރިއަށްދާ މި މުބާރާތް ދެ ގުރޫޕެއްގެ މައްޗަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، މި މުބާރާތުގެ ކުޅުން ކުރިއަށް ދަނީ ދެ ރަށެއްގައެވެ. އެގޮތުން ގުރޫޕް އޭ ގެ މެޗްތަށް ށ.ގޮއިދޫ ގައި ކުރިއަށް ގެންދާ އިރު ގުރޫޕް ބީ ގެ މެޗް ތައް ކުޅެމުން ގެންދަނީ ށ.މާއުނގޫދޫގައެވެ. ގުރޫޕް ސްޓޭޖް ގެ ހަތަރު ދުވަހުގެ ކުޅުން ނިމިފައިވާ އިރު ގުރޫޕް އޭ ގެ ޓީމު ތަކަށް ޕޮއިންޓް ޓޭބަލްއަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވެއެވެ.

ގުރޫޕް އޭ ގެ ޕޮއިންޓް ތާވަލު

ގުރޫޕް އޭ ގައި މިހާތަނަށް ހަތަރު މެޗް ކުޅެ ޖުމްލަ 9 ޕޮއިންޓާއި އެކު އެންމެ ކުރީގައި އޮތީ ކަނޑިތީމެވެ. ކަނޑިތީމު ޓީމުން ވަނީ މިހާތަނަށް ކުޅެވުން 4 މެޗް ގެ ތެރެއިން 3 މެޗުން މޮޅުވެ، 1 މެޗުން ބަލިވެފައެވެ. ކަނޑިތީމު ކުޅުން ފުރަތަމަ މެޗް ގައި ބައްދަލު ކޮށްފައި ވަނީ ފީވަށް ޓީމާއި ދެކޮޅަށެވެ. މި މެޗު ކަނޑިތީމުން ވަނީ ފަސޭހަ ކަމާއި އެކު 1-5 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައެވެ. ދެ ވަނަ މެޗުގައި ކަނޑިތީމުން ނޫމަރާ އާއި ބައްދަލު ކޮށްފައިވާ އިރު މި މެޗު ގައި ކަނޑިތީމުން ވަނީ ނޫމަރާ ކޮޅަށް3 ލަނޑު ޖަހާފައެވެ. ނޫމަރާ އަށް މި މެޗުގައި ކާމިޔާބު ވެފައިވަނީ އެންމެ ލަނޑެކެވެ. ނޫމަރާ އާއި ބައްދަލު ކުުރި މި މެޗަށް ފަހު ކަނޑިތީމުން ދެން ނިކުމެފައި ވަނީ ފޭދޫ ޓީމާއި ދެކޮޅަށެވެ. މި މެޗު ކަނޑިތީމުން ވަނީ 2-5 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައެވެ. ހަތަރު ވަނަ މެޗުގައި ކަނޑިތީމު ޓީމުން ކުރިމަތި ލާފައި ވަނީ ފޯކައިދޫ ޓީމާ އެވެ. ފޯކައިދޫ ޓީމާއި ދެކޮޅަށް ކަނޑިތީމު ޓީމުން މޮޅު ކުޅުމެއް ދެއްކި ކަމުގައި ވިޔަސް މި މެޗު ކަނޑިތީމަށް ކާމިޔާބުވާ ގޮތެއް ނުވި އެވެ. މި މެޗް 2-4 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ފޯކައިދޫ އެވެ. ކަނޑިތީމުން ކުޅުނު 4 މެޗަށް ބަލާ އިރު އެ ޓީމުން ވަނީ މިހާތަނަށް 15 ލަނދު މި މުބާރާތުގައި ޖަހާފައިވާ އިރު ކަނޑިތީމު ކޮޅަށް ވަދެފައިވަނީ 8 ލަނޑެވެ.

ޕޮއިންޓު ތާވަލުގެ 2 ވަނައިގައި ހަތް ޕޮއިންޓާއި އެކު އޮތީ ފޯކައިދޫ ޓީމެެވެ. ފޯކައިދޫ ޓީމުން މިހާތަނަށް މުބާރާތުގައި 3 މެޗު ކުޅެފައިވާ އިރު އޭގެ ތެރެއިން 2 މެޗު ކާމިޔާބު ކޮށް، މެޗުން ވަނީ ހަމަހަމަ ވެފައެވެ. މުބާރާތުގައި ފުަރަތަމަ ފޯކައިދޫ ބައްދަލު ކުރި މެޗުގައި ބިލެތްފަހި ކޮޅަށް 1-6 ގެ ނަތީޖާ އަކުން ވަނީ ކުރި ހޯދާފައެވެ. މި މެޗުގައި ލިބުނު ކާމިޔާބީ އަށް ފަހު ދެވަނަ މެޗުގައި ފޯކައިދޫ އިން ނިކުތީ ގޮއިދޫ އާއި ދެކޮޅަށެވެ. ގޮއިދޫ އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެ ޓީމުން ވަނީ 1-1 ގެ ނަތީޖާ އަކުން ހަމަހަމަ ވެގެން މެޗު ނިންމާލައިފަ އެވެ. މުބާރާތުގެ ތިން ވަނަ މެޗުގައި ފޯކައިދޫ އިން ކަނޑިތީމާއި ބައްދަލު ކުރި އިރު، ފޯކައިދޫ އިން ވަނީ މި މެޗް 2-4 ގެ ނަތީޖާ އަކުން ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފައެވެ. މި މުބާރާތުގައި ފޯކައިދޫ ކޮޅަށް3 ލަނޑު ވަދެފައިވާ އިރު ފޯކައިދޫ އިން ވަނީ މިހާތަނަށް މުބާރާތުގައި 11 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޕޮއިންޓުގެ ގޮތުން ފޯކައިދޫ ޓީމާއި އެއްވަރުވެ ގޯލައިގެ ތަފާތުން ތާވަލުގެ 3 ވަނައިގައި އޮތީ ގޮއިދޫ އެވެ. ގޮއިދޫ ޓީމުން އެމީހުންގެ އަމިއްލަ ދަނޑުގައި ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅެމުން ދާއިރު އެ ޓީމުން ދަނީ ސަޕޯޓަރުން އުފާ ވާނެ ކަހަލަ ނަތީޖާ ތަކެއް ނެރެމުންނެވެ. މުބާރާތުގައި މިހާތަނަށް ގޮއިދޫ ޓީމުން 3 މެޗު ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި ބިލެތްފި ޓީމާއި ބައްދަލު ކޮށް 3-1 ގެ ނަތީޖާ އަކުން ގޮއިދޫ ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. ކުޅުނު ދެ ވަނަ މެޗުގައި ފޯކައިދޫ ޓީމައި 1-1 ގެ ނަތީޖާ އަކުން ހަމަހަމަ ވެފައިވާ އިރު ތިން ވަނަ އަށް ބައްދަލުކުރި މެޗު ފީވަކާ ދެކޮޅަށް ކުޅެ 2-1 ގެ ނަތީޖާ އަކުން ގޮއިދޫ ކުރި ހޯދައިފައެވެ. ގުރޫޕް ސްޓޭޖުގެ ހަތަރު ދުވަހުގެ ކުޅުން ނިމިގެން ދިޔަ އިރު ގޮއިދޫ ޓީމުން ވަނީ މުބާރާތުގައި އިދިކޮޅު ޓީމުތަކުގެ ގޯލަ އަށް 6 ލަނޑު ޖަހާފަ އެވެ. އަދި ގޮއިިދޫ ޓީމުގެ ގޯލު ވަނީ 3 ބުރު މަތިން ފޫ އަޅުވާލައިފައެވެ.

މިހާތަނަށް 4 މެޗު ކުޅެ ހަތަރު ޕޮއިންޓާއި އެކު ތާވަލުގެ ހަތަރު ވަނަ ހޯދައިފާ ވަނީ ފީވަކެވެ. ފީވަކު ޓީމުން ފުރަތަމަ މެޗު ކުޅެފައިވަނީ ކަނޑިތީމާއި ދެކޮޅަށެވެ. މި މެޗުގައި 1-5 ގެ ނަތީޖާ އަކުން ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ. މި ނާކާމިޔާބީ އަށް ފަހު ފީވައް ނިކުތީ ފޭދު ޓީމާއި ދެކޮޅަށެވެ. މި މެޗުން ވެސް ޓީމަށް ވަނީ އެދެވޭ ނަތީޖާ އެއް ނެރެވޭ ގޮތް ނުވެ 1-1 ގެ ނަތީޖާ އަކުން މެޗު ނިންމާލާން ޖެހިފަ އެވެ. މުބާރާތުގައި ފީވައް ޓީމަށް ހަމަ އެކަނި އަދި މޮޅެއް ލިބިފައިވަނީ ނޫމަރާ ޓީމާއި ދެކޮޅަށެވެ. ނޫމަރާ ޓީމާއި ދެކޮޅަށް ކުޅުނު މެޗުގައި ފީވައް ޓީމުން ވަނީ ފަސޭހަ ކަމާއި އެކު 4-1 ގެ ނަތީޖާ އަކުން ކުރި ހޯދައިފަ އެވެ. ނޫމަރާ ޓީމު ކޮޅަށް ލިބުނު މި ކާމިޔާބީ އާއި އެކު އިތުރު ހިތްވަރަކާއި އެކު ފީވައް ޓީމުން ހަތަރު ވަނަ މެޗުގައި ނިކުތީ ގޮއިދޫ ޓީމާއި ދެކޮޅަށެވެ. މި މެޗުގައި ފީވައް ކޮޅަށް ގޮއިދޫ ޓީމުން2 ލަނޑު ޖަހާފައިވާ އިރު ފީވައް ޓީމަށް ގޮއިދޫ ކޮޅަށް ޖެހިފައިވަނީ އެންމެ ގޯލައެކެ. މި މުބާރާތުގައި މިހާތަނަށް 9 ފަހަރަށް ފީވަކު ގޯލް ފޫއަޅުވާލާފައިވާ އިރު، ފީވައް ޓީމުން އަދި ޖުމްލަކޮށް މުބާރާތުގައި ޖެހިފައި ވަނީ 7 ލަނޑެވެ.

ގުރޫޕް ތާވަލުގެ ފަސް ވަނައިގައި ތިން ޕޮއިންޓާއި އެކު އޮތީ ނޫމަރާއެވެ. ހަތަރު މެޗު ކުޅެވުން އިރު ނޫމަރާ ވަނީ އޭގެ ތެރެއިން 3 މެޗުގައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ. ވަރުގަދަ ފެށުމަކުން ނޫމަރާ ފެށި މިމުބާރާތުގއި ފުރަތަމަަ ބައްދަލު ކޮށްފައި ވަނީ ފޭދޫ އާއި ދެކޮޅަށެވެ. މި މެޗުގައި ނޫމަރާ އިން ވަނީ 3-0 ގެ ނަތީޖާ އަކުން ކުރި ހޯދައިފަ އެވެ. މި މޮޅަށް ފަހު ނޫމަރާ ދެން ނިކުތީ ކަނޑިތީމާއި ދެކޮޅަށެވެ. ކަނޑިތީމާއި ވާދަ ކުރި މެޗުގައި ނޫމަރާ އަށް ވަނީ ކަނޑިތީމުގެ މައްޗައް ކުރި ހޯދޭ ގޮތް ނުވެފައެވެ. މި މެޗު 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރި ކަނޑިތީމެވެ. މި މެޗުގައި ލިބުން ނާކާމިޔާބީ އެކު ދެން ނޫމަރާ ޓީމުން ކުރިމަތި ލައިފައި ވަނީ ފީވައް ޓީމާއި އެވެ. ފީވައް ޓީމައި އެކު ކުޅުނު މެޗުގައި ވެސް ނޫމަރާ ޓީމު ވަނީ 4-1 ގެ ނަތީޖާ އަކުން ބަލިވެފައެވެ. ހަތަރު ވަނަ މެޗުގައި ބިލެތްފަހި ޓީމާއި ދެކޮޅަށް ނިކުން ނަމަވެސް ބިލެތްފަހިން ވަނީ 3-1 ގެ ނަތީޖާ އަކުން ނޫމަރާ ބަލިކޮށްފައެވެ. ނޫމަރާ ޓީމުން މިހާތަނަށް އައި އިރު ޖުމްލަ 6 ލަނޑު ޖަހާފައިވާ އިރު ނޫމަރާ ކޮޅަށް ވަނީ 10 ލަނޑު ޖަހާފައެވެ.

ގުރޫޕް އޭ ގެ ހަވަނައިގައި 3 މެޗު ކުޅެ ތިން ޕޮއިންޓާއި އެކު އޮތީ ބިލެތްފަހި ޓީމެވެ. ބިލެތްފަހި ޓީމުން ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން މޮޅުވެފައެވެ. މިގޮތުން ފުރަތަމަ ބިލެތްފަހު ބައްދަލު ކުރި މެޗު 3-1 ގެ ނަތީޖާ އަކުން ގޮއިދޫ ކާމިޔާބު ކޮށްފައިވާ އިރު ފޯކައިދޫ އާއި ދެކޮޅަށް ބިލެތްފަހިން ކުޅުނު މެޗުން ވެސް ބިލެތްފަހި ޓީމުން ވަނީ 0-6 ގެ ނަތީޖާ އަކުން ބަލިވެފައެވެ. މުބާރާތުގައި ބިލެތްފަހި ކުޅުނު ތިން ވަނަ މެޗުގައި ނޫމަރާ ޓީމާއި ވާދަ ކޮށްފައިވާ އިރު މި މެޗު ބިލެތްފަހިން ވަނީ 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައެވެ. މުބާރާތުގައި މިހާތަނަށް ބިލެތްފަހި ޓީމުން ޖުމްލަ4 ލަނޑު ޖަހާފައިވާ އިރު ބިލެތްފަހި ކޮޅަށް ވަނީ 10 ލަނޑު ޖަހާފައެވެ.

ތާވަލުގެ ހަތް ވަނައިގައި އެންމެ ޕޮއިންޓަކާއި އެކު އޮތީ ފޭދޫ ޓީމެވެ. ފޭދޫ ޓީމުން މިހާތަނަށް ތިން މެޗު ކުޅެފައިވާ އިރު ފުރަތަމަ މެޗުގައި ނޫމަރާ އާއި ބައްދަލުކޮށް 3-0 ގެ ނަތީޖާ އަކުން ފޭދޫ ވަނީ ބަލިވެފައެވެ. މި މެޗުން ލިބުނު ނާކާމިޔާބީ އާއި އެކު ދެން ފޭދޫ ޓީމުން ކުރިމަތި ލައިފައިވަނީ ފީވައް ޓީމާއި ދެކޮޅަށެވެ. މި މެޗު 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެފައިވާ އިރު ތިން ވަނަ މެޗުގައި ކަނޑިތީމު ޓީމު އަތުން ފޭދޫ ވަނީ 5-2 ގެ ނަތީޖާ އަކުން ބަލިވެފައެވެ. މުބާރާތުގައި ފޭދޫ ޓީމަށް3 ލަނޑު ޖެހިފައިވާ އިރު ފޭދޫ ކޮޅަށް ވަނީ ޖުމްލަ 9 ލަނޑު ޖަހާފަ އެވެ.

ށ. އަތޮޅު ކައުންސިލުން ސްޕޮންސާ ކޮށްގެން ކުރިއަށްދާ މި މުބާރާތުގައި މިއަދު ވެސް ފޯރި ގަދަ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 16:00 ގައި ފޭދޫ އަދި ބިލެތްފަހި ބައްދަލު ކުރާ އިރު 17:00 ގައި ކަނޑިތީމު އަދި ގޮއިދޫ ކުޅޭ ގޮތަށް ވަނީ ތާވަލު ކުރެވިފައެވެ. އަދި މިއަދުގެ ފަހު މެޗުގައި ނޫމަރާ އަދި ފޯކައިދޫ ކުޅެން ހަމަ ޖެހިފައިވަނީ މިރޭ 20:15 ގަ އެވެ. މި ތިން މެޗުވެސް ކުޅެން ހަމަޖެހިފައި ވަނީ ގޮއިދޫ ފުޓްސަލް ދަނޑުގައެވެ.

 

 

© 2023 milauthuru. All rights reserved.