އައިޝަތު ވަޙީދާ

ޅައިމަގަށް މާއުނގޫދޫ އަތުން ބޮޑު މޮޅެއް

“މިލައުތުރު ފުޓްސަލް ޗެލެންޖް 2023” ގެ ގުރޫޕް ބީ ގެ ފަނަރަވަނަ މެޗުގައި ބޮޑު ތަފާތަކުން މާއުނގޫދޫ ބަލިކޮށްފިއެވެ. ޅައިމަގު ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗު އެޓީމުން ކާމިޔާބު ކުރީ 5 – 0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޅައިމަގު ޓީމުން 3 ލަނޑު ވަނީ ޖަހާފައެވެ. މިލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ރިޝްފާނު، ޢަބްދުލްކަރީމް އަޙްމަދު އަދި ޢަބްދުލް ބާޞިތުއެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ އެއް ލަނޑު ޖަހާފައެވެ. ދެވަނަ ހާފުގައި އިތުރު ދެލަނޑު ފެނިގެން ދިޔަ އިރު މި ލަނޑުތައް ޖަހައިދިނީ ޢަބްދުލްކަރީމް އަޙްމަދާއި މުޙައްމަދު އަލީފެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ޅައިމަގު ޓީމުގެ ޖާޒީ ނަންބަރ 10 ޢަބްދުލް ބާޞިތު އެވެ. މިމެޗުން މޮޅުވި ޅައިމަގު ޓީމުން ގުރޫޕް ސުޓޭޖުގެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ ނުކުންނާނީ މަރޮށި އާއި ދެކޮޅަށެވެ. މިމެޗުން ބަލިވި މާއުނގޫދޫ ޓީމުން ދެން ނުކުންނާނީ ކޮމަންޑޫ އާއި ދެކޮޅަށެވެ. އެމެޗު އޮންނާނީ މާދަމާރޭ 20:15 ގައެވެ.

© 2023 milauthuru. All rights reserved.