ނިބްރާސް އިވާން

ނޫމަރާ ބަލިކޮށް ފޯކައިދޫ ކުއާޓާ ފައިނަލާ ގާތަށް

މިލައުތުރު ފުޓްސަލް ޓޯނަމެންޓްގެ ގުރޫޕް ސްޓޭޖުގެ ފަނަރަ ވަނަ މެޗުގައި ނޫމަރާ އާއި ބައްދަލުކޮށް ފޯކައިދޫ ޓީމު ހަނި ނަތީޖާ އަކުން މެޗު ކާމިޔާބު ކޮށްފިއެވެ. ފޯކައިދޫ ޓީމުން މި މެޗު ކާމިޔާބުކޮށްފައި ވަނީ 2-3 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ފުރަތަމަ ގޯލް ޖަހާ މެޗުގެ ލީޑު ނަގައިފައި ވަނީ ފޯކައިދޫ ޓީމުންނެވެ. ފޯކަިއދޫ ޓީމަށް އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 10 އިބްރާހިމް މުޝީރް އެވެ. ފޯކައިދޫ ޓީމުން ލީޑު ނަގަިފައި ވަނިކޮށް ފަހަތުން އަރާ ގޯލައެއް ޖަހައި ވަނީ މެޗުގެ ނަތީޖާ ހަމަމަ ކޮށްދީފައެވެ. ނޫމަރާ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ގޯލް ޖަހައިދީފައި ވަނީ ނޫމަރާގެ ޖާޒީ ނަންބަރު 77 އަޙްމަދު ހައްމާޒް އެވެ. މި މެޗުގައި ފޯކައިދޫ ޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައި ވަނީ ފުރުތަމަ ހާފުގެ ކުޅުން ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ޖާޒީ ނަންބަރު 13 ޝައުކަތް ޝާމް މެދު ރޮނގު ކައިރީ ހުރެ ތިރިތިރިން ގޯލައާއި ދިމާލަށް ފޮނުވާލި ބޯޅައެށް ގޮސް ގޯލް ތެރެއަށް ވަދެގެނެވެ. ދެވަނަ ހާހުގެ ކުޅުން ފެށި ހަތަރު ވަނަ މިނެޓުގައި ފޯކައިދޫ ޓީމުގެ ޖާޒީ ނަންބަރު މުހައްމަދު ރިޝްވާނު ވަނީ ގޯލެއް ކާމިޔާބު ކޮށް ފޯކައިދޫގެ ލީޑު ފުޅާ ކޮށޤދީފައެވެ. ނޫމަރާ ޓީމަށް އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ކުޑަ ކޮށްދީފައި ވަނީ އެ ޓީމުގެ ކެޕްޓަން، ޖާޒީ ނަންބަރު 11 އިބްރާހިމް ފަހުމީ އެވެ. މެޗުގެ މޭން އޮފް ދަ މެޗަކަށް ފޯކައިދޫ ޓީމުގެ އިބްރާހިމް މުޝީރް ހޮވިފައިވާ އިރު

މި މެޗުން މި ލިބުނު ކާމިޔާބީ އާއި އެކު ފޯކައިދޫ ޓީމަށް މިވަނީ މި މުބާރާތުގައި 10 ޕޮއިންޓް ލިބިފައެވެ.

މެޗުގެ މޮޅުނުކުޅުންތެރިޔާ އިބްރާހިމް މުޝީރް

ފޯކައިދޫ ދެން މި މުބާރާތުގައި ފޭދޫ އާއި ދެކޮޅަށް ނިކުންނަށް ހަމަ ޖެހިފައިވާ އިރު ނޫމަރާ ޓީމުން ދެން މެޗެއް ކުޅޭނީ މުބާރާތް ހޯސްޓް ކުރާ ރަށް ކަމުގައިވާ ގޮއިދޫ އާއި ދެކޮޅަށެވެ. މި ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ 26 ވަނަ ދުވަހުއެވެ.

© 2023 milauthuru. All rights reserved.