ނިބްރާސް އިވާން

ފީވައް ބަލިކޮށް ބިލެތްފަހި ކުރިއަށް ޖެހިލައިފި

މިހާރު ފެށިގެން ކުރިއަށްދާ މިލައުތުރު ފުޓްސަލް ޓޯނަމެންޓް ގެ ގުރޫޕް އޭ ގެ 16 ވަނަ މެޗުގައި ފީވައް ޓީމާ ދެކޮޅަށް ނިކުމެ ބިލެތްފަހިން މެޗު ކާމިޔާބު ކޮށްފިއެވެ. މި މެޗު ބިލެތްފަހި ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-2 ގެ ނަތީޖާ އަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ގޯލް ޖަހައި ބިލެއްފަހިން ވަނީ ލީޑް ނަގައިފައެވެ. ބިލެތްފަހި ޓީމަށް ލީޑް ނަގައިދިން މި ގޯލް ޖަހައިދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 77 ޢަލީ އިފްރާދެވެ. ބިލެތްފަހި ޓީމުން ލިބުނު ލީޑު ހިފެހެއްޓުމަށް ނުހަނު ހިތްވަރާއި އެކު ގަދަ މަސަތްކަތް ތަކެއް ކުރަމުން ދިޔަ ކަމުގައި ވިއަސް ފުރަތަ ހާފުގެ ފަހު މިނެޓުގައި ފީވަކު ޓީމުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފީވަކު ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 7 ހުސެއިން ސާމިހް އެވެ. ނަމަވެސް މި ލަނޑު ޖެހިތާ ސިކުންތު ކޮޅެއްގެ ތެރޭގައި ބިލެތްފަހި ޓީމުން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިފައެވެ. ދެވަނަ ފަހަރަށް ވެސް ބިލެތްފަހި ޓީމަށް ލީޑު ނަގައިދީފައި ވަނީ ޓީމުގެ ޖާޒީ ނަންބަރު 77 ޢަލީ އިފްރާދެވެ. އިފަރާދު އަކީ މި މުބާރާތުގައި ބިލެތްފަހި ޓީމު ހޯދަމުން އަންން ކާމިޔާބު ތަކުގެ އެއް ހިއްސާދާރެވެ. މި މެޗުގެ މޭން އޮފް ދަ މެޗު ކަން ލިބިފައިވަނީ ބިލެތްފަހި ޓީމަށް2 ލަނޑު ކާމިޔާބު ކޮށްދިން ޓީމުގެ ޢަލީ އިފްރާދެވެ.

މި މުބާރާތުގައި މާދަމާ ކަނޑިތީމާ ދެކޮޅަށް ބިލެތްފަހި ކުޅެން ހަމަ ޖެހިފައިވާ އިރު ފީވައް ދެން މެޗެއް ކުޅެން ހަމަޖެހިފައި ވަނީ މި މުބާރާތު ގައި މޮޅު ކުޅުމެއް ދައްކަމުން ފޯކައިދޫ އާއި ދެކޮޅަށެވެ. މި މެޗު ވެސް ކުޅެން ހަމަ ޖެހިފައި ވަނީ 27 ވަނަ ދުވަހު އެވެ.

© 2023 milauthuru. All rights reserved.