މިހާރު ކުރިއަށްދާ މިލައުތުރު ފުޓްސަލް ޓޯނަމެންޓް ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗް ތަަކުގެ ކުޅުން މިއަދު ގެންގޮސްފިއެވެ. އެގޮތުން ހަވީރު އެންމެ ފުރަތަމަ ކުޅެފައިވަނީ ފީވައް އަދި ފޯކައިދޫ އެވެ. މި މެޗު 2-3 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައި ވަނީ ފޯކައިދޫ ޓީމުންނެވެ.
މެޗު ފެށިގެން ދެ ޓީމުން ވެސް ރަނގަޅު މޮޅު ކުޅުމެއް ދައްކަމުން އައި މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ހޯދައިފަނީ ފީވައް ޓީމުންނެވެ. ފީވައް ޓީމަށް ލީޑު ނަގައިދިން މި ގޯލް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 19، އިބްރާހިމް ރަމީޒެވެ. އޭނާގެ މި ލަނޑާއި އެކު ފީވައް ޓީމު ކުރީގައި އޮވެ ވަނީ ފުރަތަމަ ހާފު ނިންމާލައިފައެވެ. ދެވަނަ ހާފުގައި ފޯކައިދޫ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭ ގޮތް ވެފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 7، މުޙައްމަދު ރިޝްވާން ޖަހައިދިން ގޯލަ އަކުންނެވެ. ރިޝްވާނުގެ މި ލަނޑާއި އެކު މެޗުގެ ނަތީޖާ ހަމަހަމަ ވެގެން ގޮސްފައި ވަނިކޮށް މާ ގިނަ އިރު ތަކެއް ނުވަނީސް ފޯކައިދޫ ޓީމުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި މެޗުގައި ކުރި ހޯދައިފައެވެ. ފޯކައިދޫ ޓީމަށް ކުރި ހޯދައިދިން ލަނޑު ޖަހައިދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 5، ހުސެއިން ފަޒީލެވެ. ފޯކައިދޫ ޓީމަށް ލީޑު ފުޅާ ކޮށްދީފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 10، އިބްރާހިމް މުޝީރު ޖަހައިދިން ދެ ގޯލައިންނެވެ. ފޯކައިދޫ ޓީމުން އެ ޓީމުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރެއިން ޖަހައިފައި ވަނިކޮށް ފީވައް ޓީމުން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަޤު ކުޑަ ކޮށްދީފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 19، އިބްރާހިމް ރަމީޒެވެ. މި މެޗުގެ މޭން އޮފް ދަ މެޗު ކަން ލިބިފައި ވަނީ ފޯކައިދޫ ޓީމަށް މި މެޗުގައި ދެ ލަނޑު ޖަހައިދީފައިވާ އިބްރާހިމް މުޝީރަށެވެ.
މި މެޗަކާއެކު މި ދެ ޓީމު ވެސް މިވަނީ ގުރޫޕް ސްޓޭޖް ގެ 6 މެޗު ކުޅެ ނިންމާލައިފައެވެ. ގުރޫޕް ސްޓޭޖުގެ މެޗު ތައް ނިންމާލި އިރު ފޯކައިދޫ އޮތީ 16 ޕޮއިންޓާއި އެކު ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައެވެ. އަދި ފޯކައިދޫ އިން މި ވަނީ ކުއާޓާ ފައިނަލް އިން ވެސް ޖާގަ ކަށަވަރު ކޮށްފައެވެ. ފީވައް ޓީމަށް ބަލާލައި އެ ޓީމަށް މިވަނީއިރު 4 ޕޮއިންޓާއި އެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައި އޮވެ މުބާރާތް ނިންމާލަން ޖެހިފައެވެ.