އައިޝަތު ވަޙީދާ

ޅައިމަގުން މަރޮށި ބަލިކޮށް ގުރޫޕްގެ ތިންވަނައަށް

“މިލައުތުރު ފުޓްސަލް ޗެލެންޖް 2023” ގެ ގުރޫޕް ބީ ގެ ފަހު މެޗުގައި ރޭ މަރޮށީގެ މައްޗަށް ޅައިމަގުން 3 – 2 ގެ ނަތީޖާ އަކުން ކުރި ހޯދައި ތާވަލްގެ ތިންވަނައަށް ޖެހިލައިފި އެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މަރޮށި ޓީމުންނެވެ. އެ ލަނޑު ފުރަތަމަ ހާފުގެ 5 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ނިޔާޒެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޅައިމަގު މުޙައްމަދު ފަސީލް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރިއެވެ. ފުރަތަމަ ހާފު ނިމުނީ 1 – 1 ން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 12 ވަނަ މިނެޓް ގައި މަރޮށި ޓީމުން ލަނޑެއް ޖަހައި އަލުން ލީޑު ނެގިއެވެ. މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޝަހުދީ ޔޫސުފެވެ. ދެވަނަ ހާފުގެ 34 ވަނަ މިނެޓާއި 36 ވަނަ މިނެޓުގައި ޅައިމަގު ގެ މުޙައްމަދު އަލީފެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާއެވެ.

މިނަތީޖާއާއި އެކު ގުރޫޕް ބީ ގެ ތިންވަނައަށް ޅައިމަގު ވަނީ ޖެހިލާފައެވެ. މިމެޗުން މޮޅުވި ޅައިމަގު ޓީމުން ކުއާރޓާފައިނަލްގައި ބައްދަލު ކުރާނީ ކަނޑިތީމާއި ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައި މާއުނގޫދޫ ގައެވެ. މިމެޗުން ބަލިވި މަރޮށި ޓީމުން މުބާރާތް ނިންމާ ލީ ކޮމަންޑޫ އަތުން ހޯދި މޮޅާ އެކު އެވެ. އެ ޓީމަށް ލިބިފައި ވަނީ 3 ޕޮއިންޓެވެ. 

© 2023 milauthuru. All rights reserved.