ނިބްރާސް އިވާން

ފަހަތުން އަރާ މެޗު ކާމިޔާބު ކޮށްގެން ނަރުދޫ ސެމީ ފައިނަލަށް

މިލައުތުރު ފުޓްސަލް ޓޯނަމެންޓް 2023 ގެ ކުއާޓާ ފައިނަލްގެ މެޗު ތަށް ތާވަލު ކުރެވިފައިވާ ގޮތަށް މިއަދު ހަވީރު މިވަނީ ފެށިފަ އެވެ. މިގޮތުން މިއަދު ހަވީރު ފޯކައިދޫ އަދި ނަރުދޫ ވަނީ ކުއާޓާ ފައިނަލްގައި ވާދަ ކޮށްފައެވެ. މި މެޗު 1-2 ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކޮށްފައިވަނީ ނަރުދޫ ޓީމް އިންނެވެ.

މޭން އޮފް ދަ މެޗް މުޙައްމަދު އަޒްމޫން

މިއަދު ހަވީރު ގޮއިދޫ ދަނޑުގައި ކުޅެވުނު މި މެޗުގައި ދެ ޓީމުން ވެސް ވަނީ ފޯރިގަދަ މޮޅު ކުޅުމެއް ދައްކާފައެވެ. ލަނޑު ޖަހާނެ ފުރުސަތު ތައް ވެސް ދެ ޓީމުން ވަނީ ހޯދައިފައެވެ. މެޗުގެ ލީޑް ފުރަތަމަ ނަގައިފައި ވަނީ ފޯކައިދޫ ޓީމުންނެވެ. ލީޑު ހޯދައިދިން މި ގޯލް ފޯކައިދޫ ޓީމަށް ޖަހައިދީފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 7، މުޙައްމަދު ރިޝްވާން އެވެ. ފޯކަިއދޫ ޓީމުން މެޗުގެ ލީޑު ނަގއިފައި ވަނިކޮށް ނަރުދޫ އިން ފަހަތުން އަރާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަތީޖާ ހަމަހަމަ ކޮށްދިން މި ލަނޑު ނަރުދޫ އަށް ޖަހައިދީފައި ވަނީ އެ ޓީމުގެ ކެޕްޓަން، ޖާޒީ ނަންބަރު 21 މުޙައްމަދު ނާއިޒް އެވެ. ނަރުދޫ ޓީމަށް މެޗު ކާމިޔާބު ކޮށްދިން ލަނޑު ޖަހައިދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 30 މުޙައްމަދު އަޒްމޫން އެވެ. މި މެޗުގެ ކަން ލިބިފައިވަނީ ނަރުދޫ ޓީމަށް ލީޑު ނަގައިދިން ލަނޑު އެސިސްޓް ކޮށް އަދި ހަމަ އެ ޓީމަށް މެޗު ކާމިޔާބު ކޮށްދިނ ގޯލް ޖަހައިދީފައިވާ މުޙައްމަދު އަޒްމޫނެވެ.

ކުއާޓާ ފައިނަލްގެ މެޗުތަށް ދެ ރަށަކަށް ބަހައިލަިގެން ކުޅެމުން ދާ އިރު މާއުނގޫދޫގައި ވެސް ވަނީ މިއަދު މެޗެށް ކުޅެވިފަ އެވެ. އެ މެޗުގައި ވާދަ ކޮށްފައި ވަނީ މިލަންދޫ އަދި ފޭދޫ އެވެ. ހަވީރު17:00 ގައި ވެސް ކުއާޓާ ފައިނަލްގެ ދެ މެޗު ކުޅެން ތާވަލު ކޮށްފައި ވާއިރު އެ މެޗު ތަކުގައި ގޮއިދޫ އަދި ފުނަދޫ ބައްދަލު ކުރާ އިރު ދެވަނަ މެޗުގައު ކަނޑިތީމު އަދި ޅައިމަގު ބައްދަލު ކުރަން ވަނީ ހަމަ ޖެހިފައެވެ. ގޮއިދޫ އަދި ފުނަދޫ ބައްދަލު ކުރާ މެޗު ގޮއިދޫ ދަނޑު ގައި ކުޅެވިގެން ދާ އިރު ކަނޑިތީމު އަދި ޅައިމަގު ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާއުނގޫދޫގަ އެވެ.

© 2023 milauthuru. All rights reserved.