މިސަރުކާރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް އައްޔަންކުރި މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާޒިމް އަބޫބަކުރު (އަންމަޑޭ) އަކީ ކުޑަ އިރުއްސުރެން ވިޔަފާރިއަށް ޝައުޤުވެރި، މީހުންނާ ގުޅޭ މީހަކަށް ވީތީ، ފާޑުކިޔަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
ހެރިންސް އަންމަޑޭ އަކީ ވަރަށް ތޫނުފިލި އަވަހަށް ކަންކަން ދަސްކުރާ މީހެއްކަމަށް އޭނާގެ އާއިލާގެ ފަރާތުން މަޢުލޫމާތު ލިބިފައި ވެއެވެ. އެހެންކަމުން ރައީސް މުޢިިއްޒުގެ ސަރުކާރުގެ ނިންމެވުމަކީ ގޯސް ނިންމެވުމެއް ކަމަށް ކަނޑައަޅަން އަދި މާ އަވަސް ނޫންތޯއެވެ، އަންމަޑޭއަށް ވެސް ވަގުތު ދިނުމަަށް ފަހު ހިންގުންތެރިކަމެއް ނުދެއްކިއްޖެ ނަމަ ފާޑު ވެސް ކިޔަންވީއެވެ. އަދި މަޤާމުން ދުރު ވެސް ކުރަންވީއެވެ.
އެމްޑީ ނާޒިމް މިއަދު އޮފީހަށް ވަޑައިގަތުމުން ކުންފުނީގެ މުވައްޒަފުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި އެމްއެފްއެމްސީގެ ޒުވާން ޓީމް ތިބީ ޒުވާން އެމްޑީއެއް ލިބުމުން ވަރަށް ހިތްހަމަޖެހިފައެވެ. އެމީހުން ބޭނުން ވަނީ އަންމަޑޭ އާއި އެކު ކުންފުނިގައި އަވަސް ފިޔަވަޅުތަކެއް އަޅާށެވެ. އަދި ނަތީޖާ ޙާޞިލްކުރާ ހަރުދަނާ ކުންފުންޏަކަށް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ހަދާށެވެ.
ވޭދުވެ ދިޔަ 5 އަހަރު ދުވަހު އެއީ އޮތް ތަނެއްކަން ވެސް އަދި އެތަނުގެ ނަން ވެސް ރަގަޅަށް ކިޔާލަން އެނގޭ މީހަކު ނެތް ފަދައެވެ. ސިއްރިޔާތުގައި ފިލާ ތިބެގެން ހިންގި ދަޢުލަތުގެ ވިޔަފާރި ކުންފުންޏެއް އެނޫނީ ނެތެވެ. ހެރިންސް އަންމަޑޭގެ އެމްޑީކަމުގައި އެތަނަކީ ވެސް މީހުންނަށް އެނގޭ ތަނަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
2 Replies to “ހެރިންސް އަންމަޑޭ އަކީ މެނޭޖިންގ ޑިރެކްޓަރަކަށް ފުރާ ފުރިހަމަ ވެފައި ހުރި ލީޑަރެއް!”
Dejan vu
All the best
Stranger
All the best
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި