ރައީސަށް ލަފާއެރުވުމަށް އުފައްދަވާފައިވާ ޔޫތު އެޑްވައިޒަރީ ބޯޑުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ފިރިހެން ދަރިފުޅު މާހިލް ޝަހީމް އިސްތިއުފާ ދީފިއެވެ. އޭނާ އެމަޤާމަށް އައްޔަންކުރީ އޮގަސްޓް 12، 2024 ގަ އެވެ.
މާހިލް އިސްތިއުފާދިނީ ރާއްޖެ އަށް އޭނާ ވަގަށް ވޭޕް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އަށް ފަޅާއަރައި، އެއް މިލިއަން ރުފިޔާގެ ޖޫރިމަނާކުރުމުން އާންމުންގެ ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ. ސޯޝަލް މީޑިޔާގައި އޭނާ ޔޫތު އެޑްވައިޒަރީ ބޯޑުން ވަކިކުރަން ގޮވާލާ ކެމްޕެއިން ވެސް ކޮށްފައި ވެއެވެ.
މާހިލް ރާއްޖެ ވަގަށް އެތެރެކުރީ 118 ވޭޕް ސްޓިކް އެވެ. އަދި އޭނާގެ އެކުވެރިޔާ އެތެރެކުރީ 107 ވޭޕް ސްޓިކް އެވެ. މިކަން ފަޅާއެރުމުން ކަސްޓަމްސް އިން ވަނީ އެމީހުން ޖޫރިމަނާ ކޮށްފަ އެވެ.