މިލައުތުރު

އިޒްރޭލް ސިފައިން ޝަހީދުކޮށްލި ޣައްޒާގެ އަންހެން ނޫސްވެރިޔާގެ ހަށިގަނޑުގެ ބައިތައް 45 ދުވަސް ފަހުން ފެނިއްޖެ.

ޣައްޒާގައި އިޒްރޭލް ސިފައިން ހިންގާ ޤަތުލުއާންމުތަކާއި ނަސްލު ގައިދުކުރުމުގެ ޖަރީމާތައް ކަވަރުކުރަމުން ގެންދިޔަ އަންހެން ނޫސްވެރިޔާ މަރްވާ މުސްލިމްގެ ހަށިގަނޑުގެ ބައިތައް ހަމަލާދިންތާ 45 ދުވަސް ފަހުން ފެނިއްޖެއެވެ.

އޭނާ ޝަހީދުކޮށްލުމަށްޓަކައި އޭނާގެ ކޮއްކޮމެންނާއެކު ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ހުރި އިމާރާތަށް ބޮންއަޅާ އެއްކޮށް ވަނީ ގޮއްވާލާފައެވެ. އެހެންވުމުގެ ސަބަބުން މީހުން ސަލާމަތްކުރަން މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ ހަށިތައް ހޯދޭގޮތެއް ނުވިއެވެ. އެތައް ދުވަހަކުން ފުނޑު ފުނޑުވެފައިވާ ގާތައް ދުރުކޮށް ބެލި ވެލުމުން އެމީހުންގެ ހަށިގަނޑުގެ ބައިތައް ވަނީ ފެނިފައެވެ.

އޭނާ ލާން ގެންގުޅޭ ޕްރެސް ޖެކެޓާއި މީޑިޔާ ފާސްގެ އިތުރުން ބައެއް އާލާތްތައް ވެސް ވަނީ ފެނިފައެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟