ޝާން މުޙައްމަދު

އިއްޔެގައި އެކަނިވެސް އިޒްރޭލުން ފަލަސްތީނުގެ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތެރެއިން އިއްޔެ އެކަނިވެސް އިޒްރޭލުން ފަލަސްތީނުގެ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފިއެވެ.

ބޭރުގެ މީޑިޔާތަކަށް މައުލޫމާތު ދެމުން ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ފާއިތުވި 24 ގަޑިއިރުތެރޭ ދިން ހަމަލާތަކުގައި ގާޒާއިން 123 މީހަކު މަރުވެފައިވާ ކަމަށެވެ. އޭގެތެރެއިން 37 މީހުންނަކީ އެހީ ހޯދަން ގޮސް ތިބި މީހުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ބަނޑުހައިހޫނުކަން އިންތިހާއަށް ގޮސްފައިވާ ފަލަސްތީނުގައި ފާއިތުވި 24 ގަޑިއިރުތެރޭ އަށް މީހަކު ވަނީ ބަނޑަށް މަރުވެފައެވެޒ  އޭގެތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.

އެމެރިކާގެ ފުރިހަމަ ތާއީދު އޮތް އިޒްރޭލުން އިއްޔެ ވައިގެ ގިނަ ހަމަލާތަކެއް ގާޒާގެ އިރުމަތީ ހިސާބުތަކުގެ ގެތަކަށް ވަނީ އަމާޒުކޮށްފައެވެ. އެގޮތުން އިޒްރޭލު ސިފައިންގެ ޓޭންކަރުތަކުން ވެސް ގިނަ އަދަދެއްގެ ގެތައް ވަނީ ސުންނާފަތިކޮށްލާފަ އެވެ.

ނިރުބަވެރި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 61،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 150،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.