މިލައުތުރު

ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމުން ބޭންކަށް ލިބޭ ފައިސާ އިތުރުވެ ނަގާ ފައިސާ މަދުވެއްޖެ.

މިސަރުކާރުގެ ވައުދާ އެއްގޮތަށް ރަށްރަށުގައި އޭޓީއެމްތައް ބަހައްޓަން ފެށުމުން ބޭންކަށް ޖަމާކުރާ ފައިސާ ބޮޑުތަނުން އިތުރުވެ ނަގާ ފައިސާގެ އަދަދު އިތުރުވެއްޖެ ކަމަށް ރައްޔިތުންގެ ބޭންކުގެ ސީއީއޯ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ބޭންކުގެ ސީއީއޯގެ ވާހަކަފުޅުން ހާމަވާ އެންމެ މުހިންމު ކަމަކީ ދިވެހީންނަށް މިހާރު ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމާއި، ފަހަށް ރައްކާކުރާ ނިސްބަތް މައްޗަށް ގޮސްފިކަމެވެ. މިއީ ދިވެހި މުޖުތަމަޢަށް އައިސްފައިވާ ވަރަށް ބޮޑު ހެޔޮ ބަދަލެކެވެ. އަދި ހަމަ އެއާއެކު ބޭންކަށް ޖަމާކުރާ ޑޮލަރުގެ ނިސްބަތް ވެސް ބޮޑުތަކުން މައްޗަށް ގޮސްފިއެވެ. އެހެންކަމުން މިހާރު ބްލެކް މާކެޓުން ޑޮލަރު ގަންނާކަށް ނުޖެހޭނެއެވެ.

އަދި ސަރުކާރު ހިންގާ ޕާޓީގެ ބައެއް އެކްޓިވިސްޓުން ދެކިލައްވާ ގޮތުގައި އޭޓީއެމްތައް ބެހެއްޓުމުން ރައްޔިތުންގެ އާމްދަނީ ވެސް އިތުރު ވެއްޖެއެވެ. އަދި ބޭނުން ވަގުތެއްގައި ފައިސާ ނަގައިގެން ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ލިބިއްޖެއެވެ. މިއީ އަދުގެ ސަރުކާރުގެ ދީލަތިކަމާ އޯގާތެރިކަން ނޫންތޯއެވެ.