މިލައުތުރު

ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ފަލަސްޠީނުގެ އަންހެން ކުއްޖަކު ބައިވެރިވަނީ..

މިއަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ތައިލޭންޑްގައި ފެށުމަށް ހަމަޖެހިފައިވާ މިސް ޔުނިވާސް ރީތީގެ މުބާރާތުގައި ފަލަސްޠީނުގެ އަންހެން ކުއްޖަކު ވާދަކުރާނެކަން އިޢުލާނު ކޮށްފިއެވެ.

74 ވަނަ މިސް ޔުނިވާސް ރީތީގެ މުބާރާތުގައި ފަލަސްޠީނު ތަމްސީލުކުރަނީ ނަދީން އައްޔޫބު ނަމަކަށް ކިޔާ ޒުވާން ރީތީގެ ރާނީއެކެވެ. ރީތީގެ މުބާރާތުގައި ބައިވެރިވުމާ ގުޅޭގޮތުން އޭނާ ބުނެފައިވަނީ، އެ މުބާރާތުގައި ބައިވެރިވަނީ ޣައްޒާގެ ރައްޔިތުން ތަޙައްމަލް ކުރަމުން ގެންދާ އަނިޔާތަކާއި ކެކުޅުންތައް ދުނިޔެއަށް ހާމަކުރުމަށް އެ ޕްލެޓްފޯމް ބޭނުން ކުރުމަށެވެ.

އޭނާ އިތުރަށް ބުނީ މިސް ޔުނިވާސް ޕްލެޓްފޯމްގައި ވެސް ފަލަސްޠީންގެ މިނިވަންކަމަށް ގޮވާލައި، އިޒްރޭލުން ހިންގާ ނަސްލު ގައިދުކުރުމުގެ އަމަލުތަކާއި، ޤަތުލުއާންމުތައް ހުއްޓާލުމަށް ގޮވާލާ އެކަމަށް ދުނިޔޭގެ ޤައުމުތަކުގެ ކިބައިން އެދޭނެ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟