ނިބްރާސް އިވާން

ޕެނަލްޓީ ޖަހާ ފުނަދޫ ބަލިކޮށް، ގޮއިދޫ ސެމީ އަށް

މިލައުތުރު ފުޓްސަލް ޓޯނަމެންޓް 2023 ގެ ކުއާޓާ ފައިނަލްގެ 3 ވަނަ މެޗުގައި ގޮއިދޫ އަދި ފުނަދޫ ވާދަ ކޮށްފިއެވެ. ގޮއިދޫ އަދި ފުނަދޫ ބައްދަލު ކުރި މެޗް ހަމަހަމަ ވެގެން ނިމުމުގެ ސަބަބުން ޕެނަލްޓީ ޖަހައި 2-4 ނަތީޖާ އަކުން ކާމިޔާބު ކޮށް ގޮއިދޫ ޓީމުން މި ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.

މިއަދު ހަވީރު ގޮއިދޫ ދަނޑުގައި ކުޅެވުނު މި މެޗުގައި ދެ ޓީމުން ވެސް ވަނީ ވާދަވެރި ކުޅުމެއް ކުޅެފައެވެ. ދެ ޓީމުން ވެސް ލަނޑެއް ނުޖެހި މެޗު ނިނަމާލަން ޖެހުމަކީ ދެ ޓީމުން ކުޅުނު ކުޅުމާއި ދެއްކި ހިތްވަރުގެ ނަތީޖާއެވެ. ގޮއިދޫ ޓީމަށް އެ ޓީމުގެ ޕެނަލްޓީ ތައް ޖަހައިދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 7، އިބްރާހިިމް ރިފާޒް، ޖާޒީ ނަންބަރު 17، އިބްރާހިމް ޢަލީ، ޖާޒީ ނަންބަރު 31، މުޙައްމަދު މިސްބާހް އަދި ޖާޒީ ނަންބަރު 5، އަޙްމަދް ރާއިފް އެވެ. މި ހަތަރު ކުޅުންތެރިން ވަނީ ކާމިޔާބު ކަމާއި އެކު ގޯލައިގެ ތެރެއަށް ބޯޅަ ފޮނުވައިލާ ހުރިހާ ޕެނަލްޓީ އެއް ކާމިޔާބު ކޮށްފައެވެ. ފުނަދޫ ޓީމަށް ބަލައިލާ އިރު އެޓީމަށް ޕެނަލްޓީ ޖަހައިދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 11، ޒިދާން ހަސަން ޒަރީރް، ޖާޒީ ނަންބަރު 4، އަބްދުﷲ ޒަމީން، ޖާޒީ ނަންބަރު 7، އަޙްމަދް ހަމީޝް އަރީފް އަދި ޖާޒީ ނަންބަރު 24، މަމްދޫޙް އެވެ. މީގެ ތެރެއިން ހަމީޝް އަދި މަމްދޫޙް ޖަހައިދިން ޕެނަލްޓީ ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ ކަން ލިބިފައިވަނީ ގޮއިދޫ ޓީމުގެ ޖާޒީ ނަންބަރު 19 މުޙައްމަދު އަހުސަމް އަށެވެ.

މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދައިފާ އަހުސަމް

ކުއާޓާ ފައިނަލްގެ މެޗުތަށް ދެ ރަށަކަށް ބަހައިލަިގެން ކުޅެމުން ދާ އިރު ކުއާޓާ ފައިނަލްގެ 4 ވަނަ މެޗް ކުޅެފައިވަނީ މާއުނގޫދޫގަ އެވެ. އެ މެޗުގައި ވާދަ ކޮށްފައި ވަނީ ކަނޑީތީމު އަދި ޅައިމަގު ޓީމެވެ. ކުއާޓާ ފައިނަލްގެ މެޗުތަށް ނިމިފައި ވާ އިރު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައި ވަނި ނަރުދޫ، ގޮއިދޫ، ކަނޑިތީމު އަދި މިލަންދޫ އެވެ. ގޮއިދޫ އަދި ނަރުދޫ ސެމީ ފައިނަލް ގައި ބައްދަލު ކުރާ މެޗް ޑިސެމްބަރ 1 ވަނަ ދުވަހު ހަވީރު 16:30 ގައި ގޮއިދޫ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ އިރު ކަނޑިތީމު އަދި މިލަންދޫ ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 1 ވަނަ ދުވަހުގެ 17:00 ގަ އެވެ. މި މެޗު ގެ ކުޅުން ކުރިއަށް ދާނީ މާއުނގޫދޫ ދަނޑުގަ އެވެ.

© 2023 milauthuru. All rights reserved.