މިއަދު ކުރިއަށް ދިޔަ މިލައުތުރު ފުޓްސަލް ޓޯނަމަންޓްގެ ސެމީ ފައިނަލްގެ މެޗް ކާމިޔާބު ކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ގޮއިދޫ ކަށަވަރުކޮށްފިއެވެ. ގޮއިދޫއިން ޖާގަ ކަށަވަރު ކޮށްފައި ވަނީ މިއަދު ހަވީރު 4:30 ގައި ގޮއިދޫ ފުޓްސަލް ދަނޑުގައި ގައިދޫ އާއި ނަރުދޫ ބައްދަލުކުރި ސެމީ ފައިންލްގެ ފުރަތަމަ މެޗް ކާމިޔާބު ކޮށްގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދައިފަނީ ގޮއިދޫ ޓީމުންނެވެ. ގޮއިދޫ ޓީމަށް ކުރި ހޯދައިދިން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމަށް މި މުބާރާތުގައި މޮޅު ކުޅުމެއް ކުޅެމުން އަންން އެ ޓީމުގެ ޖާޒީ ނަންބަރު 7، އިބްރާހިމް ރިފާޒް އެވެ. ރިފާޒް އަކީ މިހާތަނަށް ގޮއިދޫގައި އުފެދުން ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާ ލެވޭ ކުޅުންތެރި އެކެވެ. ގޮއިދޫ ޓީމަށް އެ ޓީމުން ހޯދައިފައިވާ ލީޑް ފުޅާ ކޮށްދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 19، މުޙައްމަދު އަހުސަމް ޖަހައިދިން ވަރަށް ފުރިހަމަ ގޯލަ އަކުންނެވެ. ނަމަވެސް ގޮއިދޫ ލީޑް ފުޅާ ކޮށް މާ ގިނަ އިރު ތަކެއްނުވެ ނަރުދޫ ޓީމު އިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ނަރުދޫ އަށް މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 30، މުޙައްމަދު އަޒްމޫން އެވެ. މި މެޗުގެ މޭން އޮފް ދަ މެޗު ކަން ލިބިފައިވަނީ ގޮއިދޫ ޓީމުގެ ކެޕްޓަން ކަން މި މެޗުގައި ކޮށްފައިވާ އެ ޓީމުގެ ގޯލް ކީޕަރ ޖާޒީ ނަންބަރު 1، އަބްދުﷲ ރިލްވާން އަށެވެ. މި މުބާރާތުގައި ގޮއިދޫ ހޯދަމުންދާ ކާމިޔާބީގެ ހަގީގީ މޭސް ތެރި އަކީ އެ ޓީމުގެ ކޯޗް ޡާހާ އެވެ. ޡާހާ އަކީ ޤައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗް ގެ މަޤާމު އަދާ ކުރަމުން އަންނަ އަދި ދިވެހި ފުޓްބޯޅައިގެ ތާރީޙް ގައި އުފެދިފައިވާ މޮޅު ކުޅުންތެރިއެއް ވެސް މެއެވެ.
މުބާރާތުގެ ފައިނަލް މި މަހުގެ 3 ވަނަ ދުވަހު ކުޅުމަށް ހަމަ ޖެހިފައިވާ އިރު ގޮއޮދޫ ފައިނަލް ގައި ބައްދަލު ކުރާނެ ޓީމެއް ކަށަވަރު ވެގެން ދާނީ މާއުނގޫދޫގައި ކުޅެވެމުން އަންނަ ސެމީ ފައިނަލް ގެ ދެ ވަނަ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. މި މެޗުގައި ވާދަ ކުރަމުން ދަނީ ކަނޑިތީމު އަދި މިލަންދޫ އެވެ.