އައިޝަތު ވަޙީދާ

އެމްޑީޕީ ކޮމަންޑޫ ދާއިރާގެ ޕްރައިމަރީގައި ޑރ. ނިޝާން ވާދަކުރައްވަނީ

އެމްޑީޕީ ކޮމަންޑޫ ދާއިރާގެ ޕްރައިމަރީގައި އެންމެ މަޝްހޫރު ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ނިޝާން ވާދަކުރައްވާނެކަން އިޢުލާން ކުރައްވައިފިއެވެ.

ކޮަމަންޑޫ ދާއިރާގެ އެމްޑީޕީ ރައީސް މުޙައްމަދު ޖަލާލު ފިނިވެ ފަހަތު ފަޔަށް ބުރަވެ ވާދަނުކުރާނެ ކަމަށް ޚަބަރުތައް ފެތުރިފައި މިވާ ދަނޑިވަޅުގައި ޑރ. ނިޝާން ވާދަކުރައްވާނެކަން އިޢުލާން ކުރެއްވުމަކީ ރަނގަޅު ނިންމުމެއް ކަމަށް ދާއިރާގެ ގިނަ ބަޔަކު ޢިއްތިފާޤްވެއެވެ. އަދި ޖަލާލުގެ ބަދަލުގައި ކޮމަންޑޫގެ މިހާރުގެ ރައީސް މުޙައްމަދު ސިނާން ނެރެން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިިފައެވެ. އަދި ސިނާނަށް ވެސް ވާދަކޮށްލަން ނުކެރިއްޖެ ޙާލަތެއްގައި ފޯކައިދޫ މުސްތަރީގޭ އަޙްމަދު އަންވަރު ނެރޭގޮތަށް ސްޓޭންޑްބައީ ގައި ބަހައްޓާފައި ހުރިކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

ޑރ. ނިޝާން އަކީ ޤާނޫނީ ރޮގުން ޕީއެޗްޑީ ޙާޞިލްކުރައްވާފައި ހުންނެވި ބޭފުޅެކެވެ. އެހެންކަމުން މިފަަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ތަޢުލީމީ ގޮތުން އެންމެ މަތީ މީހަކަށް އޭނާ ވާނެއެވެ. ޑރ. ނިޝާން އަކީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވާ ފަރާތެކެވެ. އެގޮތުން ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް އުފެއްދި ޕެޓިޝަނަށް އެއްލައްކަ މީހުންގެ ސޮއި ހޯދާފައި ވެއެވެ.

One Reply to “އެމްޑީޕީ ކޮމަންޑޫ ދާއިރާގެ ޕްރައިމަރީގައި ޑރ. ނިޝާން ވާދަކުރައްވަނީ”

  1. ސީ 7

    ކޮންއިރަކު ހޯއްދެވި ޑރ ފާސް އެއްތޯ؟ ތިކަން އެނގޭ އެކަކުވެސް ދާއިރާ 3 ރަށަކުނޫޅޭ! މިލައުތުރު.ކޮމް އަށް އެކަނި އެނގެނީ. ފޯކައިދޫ މީހުންނަށް ވެސްް އޮޅުވާލައިގެން އައްޑޫ މީހަކަށް ހެދިގެންއުޅެފަ މިހާރު ދާއިރާގެ މީހަކަށް ހެދިގެންއުޅެނީ.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.