ލ. ދަނބިދޫ ކައުންސިލް އިން އިސްނަގައިގެން އެ ރަށުގެ އަންހެން ކަނބަލުންނަށް ހާއްސްކޮށްގެން ބާއްވާ ފުރަތަމަ ހޭންޑްބޯލް މުބާރާތް، އިސްމާއިލް ޝަފީއު- ދަނބިދޫ ލޯމާފާނު ހޭންޑްބޯލް ޓޯނަމެންްޓް 2023 ގެ ކުޅުން މިރޭ ފެށިއްޖެއެވެ.
ޖުމްލަ ހަތަރު ޓީމެއް ބައިވެރި ވެގެން ކުރިއަށް ގެންދާ މި މުބާރާތް މި މަހުގެ 8 ވަނަ ދުވަހު ފަށަން ހަމަޖެހިފައި އޮތް ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މުބާރާތް ފެށުން ވަނީ މިއަދަށް ލަސްކޮށްފައެވެ. މުބާރާތް ފެށުމުގެ ގޮތުން މިރޭގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަނގޮޅި ކުއީންސް އަދި އަނގޮޅި އެސް.ސީ އެވެ. މި މެޗު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ މި މުބާރާތުގެ މެއިން ސްޕޮންސަރ ކަމުގައިވާ އިސްމާއިލް ޝފީއު ގެ ފަރާތުން ލ.އިސްދޫ ރިހިވެލި، އަހްމަދް ޒައީމް އެވެ. 01-08 ގެ ނަތީޖާ އަކުން އަނގޮޅި އެސް.ސީ އިން މެޗު ކާމިޔާބު ކޮށްފައިވާ އިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ ކަން ލިބިފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 04، ޒިލްމާ އަބްދުލް ލަތީފް އެވެ.
މި މުބާރާތުގައި މިރޭ އިތުރު މެޗެއް ކުޅެން ހަމަޖެހިފައިވާ އިރު އެ މެޗުގައި ބައްދަލު ކުރާނީ ފަތްމިނި އެސް.ސީ އަދި ޗެމްޕިއަންސް ކޭބީ އެވެ. މުބާރާތުގެ މެޗުތައް ދަނބިދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް އިން ވަގުތުން ދުރައް ދައްކަން ވަނީ ހަމަޖެހިފައެވެ.