ޢަލީ އާރިފް އާއި އިޤްބާލް އަކީ ދެބެންނެވެ. އަދި އެދެބެން އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ވަރަށް އަރިސް ދެބޭފުޅުންނެވެ. އެހެންކަމުން ސިޔާސީ ގޮތުންނާއި، މާލީގޮތުން އެންމެ ޙާލުގައި ޖެހުނު ދަނޑިވަޅުގައި ޤާސިމް އިބްރާހީމްގެ ނުހަނު ދީލަތި އެހީ ދެއްވިއެވެ. އެގޮތުން ޤާސިމްގެ ފަރާތްޕުޅުން މަހު މުސާރަ ލިބިވަޑައިގެންނެވި މަދު ސިޔާސީ ބޭފުޅުންގެ ތެރޭގައި އެ ދެބެން ހިމެނެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ފެނުނީ ވަރަށް ވެސް ތަފާތު މަންޒަރެކެވެ. ދެބެން ވެސް ޖޭޕީގެ ރިޔާސީ ކެމްޕެއިންގައި ވަރަށް އަވަދި ނެތިކޮށް އުޅުއްވިއެވެ. އެހެން ނަމަވެސް ޖޭޕީގެ ޚަރަދުގައި ކެމްޕެއިނަށް ރަށް ރަށަށް ގޮސް ފުރަތަމަ ބުރުގައި ވެސް އިރުޝާދުދެއްވީ ޑރ. މުޢިއްޒަށް ވޯޓްދެއްވުމަށެވެ.
އެބޭފުޅުންގެ މަސައްކަތުގެ އިނާމެއްގެ ގޮތުން ވަޒީރުންގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެ ގޮނޑި ލިބިވަޑައިގެންފައި ވެއެވެ. އެހެންކަމުން މިއަދު ޤާސިމް އިބްރާހީމް އަށް ޖެހެނީ އެބޭފުޅުންގެ ހިތްހަލާލު ލިބޭތޯ ހިނިތުންވެލާށެވެ. ޤާސިމް އިބްރާހީމް އަށް ދުވަހަކު ވެސް އިޚްލާޞްތެރިން ދަސްވާނެބާއެވެ.