މިލައުތުރު

މިލަންދޫ ދާއިރާގެ ޓިކެޓް ޢަލީ ރިޒާއަށް، ފުނަދޫ ދާއިރާގެ ޓިކެޓް ޅައިމަގު ޝާޑަށް!

20 ވަނަ ރައްޔިތުންގެ މަޖިލިސް އަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ޢާންމު އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ޕްރައިމަރީ އަކާ ނުލާ ޓިކެޓް ކަށަވަރުކުރެއްވި ބޭފުޅުންގެ ތެރޭގައި ޢަލީ ރިޒާ އާއި މުޙައްމަދު ޝާހިދު ހިމެނިއްޖެއެވެ.

އެމްޑީޕީ އިން ކުރި އިޢުލާންގައި ވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ އެމް.ޑީ.ޕީގެ މެމްބަރުންނަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުޞަތުގައި، އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީއަކާއި ނުލާ ޕާޓީ ޓިކެޓް ކަށަވަރުވެފައި ވާކަމަށެވެ. އެގޮތުން އިޢުލާންކޮށްފައިވާ ނަންތަކުގެ ތެރޭގައި އެ ދެބޭފުޅުންގެ ނަން ވެސް ހިމެނެއެވެ. އަދި އެމްޑީޕީގެ އިޢުލާންގައި ވާގޮތުން އެއް ކެންޑިޑޭޓަަކަށްވުރެން ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތައް، ޤައުމީ މަޖްލީހުން ނިންމާފައިވާ ގޮތުގެ މަތިން އެކަން ވިލަރެސްކުރަން ކަނޑައަޅާފައިވާ ކޮމެޓީއިން ނިންމާގޮތެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

ޢަލީ ރިޒާ އާއި މުޙައްމަދު ޝާހިދު އަކީ މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލިސްގައި ވެސް ހިމެނިވަޑައިގަންނަވާ ދެ ޢިއްޒަތްތެރި މެންބަރުންނެވެ. ޢަލީ ރިޒާ އަކީ މިލަންދޫ ދާއިރާގެ މެންބަރެވެ. އަދި މުޙައްމަދު ޝާހިދު (ޝާޑު) އަކީ ފުނަދޫ ދާއިރާގެ މެންބަރެވެ. މިލަންދޫ ދާއިރާގެ ގިނަ ބަޔަކު ދެކޭގޮތުގައި ޢަލީ ރިޒާ އާއި ވާދަކޮށްލެވޭ ވަރުގެ އެހެން ފަރާތެއް އެމްޑީޕީ މިލަންދޫ ދާއިރާގައި ވެސް ނެތްކަމަށެވެ. ފުނަދޫ ދާއިރާގައި ޕްރައިމަރީއެއް އޮންނާނެކަމަށް ކުރިން އަޑުތައް ފެތުރިފައި ވީ ނަމަވެސް އެންމެ ފަހު ވަގުތު ޝާޑު ބޮނދު ބުޑަށް ސައި ކިއުމަށް ފަހު ޓިކެޓް ކަށަވަރު ކޮށްފިއެެވެ.