މިލައުތުރު

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުން އެއްވެސް އުފަލެއް ނުލިބުނުތާ ލިބުނީ ބޮޑު މާޔޫސްކަމެއް – ހޯރަފުށީ ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން އެއްވެސް އުފަލެއް ނުލިބުނު ކަމަށާއި، މުޅިން މާޔޫސްވެއްޖެ ކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ. އެ ދަތުރުފުޅުގައި ހޯރަފުށީ ކައުންސިލްގެ ބޭފުޅުންނާއި ރައީސް ޑރ. މުއިއްޒު ބައްދަލުކުރެއްވިއިރު އެ ކައުންސިލުން ވަނީ ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތާއި ކުނި ނައްތާލުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި ހޯރަފުށީގެ ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވައި، އިސްލާމިކު ސެންޓަރެއް ބިނާކޮށްދެއްވުމަށާއި، ހޯރަފުށީ އެއާޕޯޓް އިންޓަނޭޝަނަލް ކޮށްެދެއްވުމަށް އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ސަރުކާރުގެ އެޖެންޑާގައި ހިމަނުއްވާފައެއް ނުވެއެވެ.

© 2023 milauthuru. All rights reserved.