ދާދި ފަހުން އެމްޑީޕީ ދޫކޮށް ވެރިކަންކުރާ ޕީއެންސީއަށް ބަދަލުވި މަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝަރީފް 2024 ވަނަ އަހަރު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކޮށްދިނުމަށް އެދި އެދާއިރާގެ ރައްޔިތުން އޭނާގެ ފަރާތުން އެދެން ފަށައިފިއެވެ.
ސަރީފް އެމްޑީޕީ ދޫކޮށްލުމަށް ފަހު ވިދާޅުވީ ޙާލަތު ހުރިގޮތުން ސިޔާސީ ކަންކަމުގައި އުޅެވެން ނެތުމުން ސިޔާސީ މައިދާނުން ދާއިމީގޮތަކަށް ދުރަށް ވަޑައިގަންނަވަނީ ކަމަށެވެ. އޭގެ އެއްދުވަސް ފަހުން ފެނުނީ ވެރިކަންކުރާ ޕީއެންސީއަށް ސޮއި ކުރެއްވިތަނެވެ.
މިއަދު ސަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދެމުންދާތީ އަމިއްލަގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް ވިސްނަވަމުން ގެންދަވާކަމަށެވެ. އަދި ޕީއެންސީގެ ލީޑާރޝިޕް އާއި ދާއިރާގެ ރައްޔިތުންނާއި މަޝްވަރާކުރައްވާނެ ކަމަށެވެ. އެހެންކަމުން މިއީ ޝަރީފް ރިޓަޔަރ ކުރައްވުމެއް ނޫނެވެ. އަނެއްކާ އެނބުރި ސިޔާސީ މައިދާނަށް ގަދަކޮށް އައި އައުމެކެވެ.