މިލައުތުރު

އެމްޑީޕީ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް ފަހު ތިބީ އުފަލުން ފޮޅިފައި

އެމްޑީޕީ ދޫކޮށް ވެރިކަންކުރާ ޕީއެންސީއަށް ބަދަލުވި މެންބަރުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެތައް ޒަމާނެއް ވަންދެން އުޅުނު ޕާޓީ ދޫކުރައްވައި މުޅިން އައު ޕާޓީއަކަށް ވަޑައިގަތުމަކީ އެބޭފުޅުންނަށް އެއްވެސް މާޔޫސްކަމެއް، ހިތްނުތަނަވަސް ކަމެއް ގެނުވި ކަމެއް ނޫނެވެ.

ދާދި ފަހުން ޕީއެންސީ އާއި ގުޅިވަޑައިގަތް އިނގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޙަސަން (ހަސަންޓޭ) އާއި، ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރާޝިދު (ރާޑޯ) އާއި، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރުގެ ފަރާތްޕުޅުން ފެންނަނީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. އެހެންކަމުން އެބޭފުޅުން ގެންދަވަނީ އުފާވެރި އިޙްސާސްތައް ސޯޝަލް މީޑިޔާގައި ޙިއްސާކުރައްވަމުންނެވެ.

މިއަދު މެންބަރު ހަސަންޓޭގެ ފޭސްބުކްގައި ތަސްވީރުން ޙިއްސާކުރެއްވީ އެފަދަ އުފާވެރި ވަގުތުކޮޅެއްގެ ވާހަކައެވެ. އަދި އެހެން ބޭފުޅުން ވެސް ގެންދަވަނީ އެބޭފުޅުންގެ އުފާވެރި އިޙްސާސްތައް ޢާންމުކުރައްވައި ޙިއްސާކުރައްވަމުންނެވެ. މިފަދަ މަންޒަރުތައް ފެނުން ދޭހަވާ އެންމެ މުހިންމު އެއް ކަމަކީ އެބޭފުޅުން އެމްޑީޕީގައި ތިއްބެވީ އުފަލުން ނޫންކަމެވެ. ކޮންމެ ވެސް މަޖުބޫރީ ޙާލަތެއް އޮތީ ކަމެވެ.

One Reply to “އެމްޑީޕީ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް ފަހު ތިބީ އުފަލުން ފޮޅިފައި”

  1. Thurhu

    Bandu fureynee maruveema

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.