މިލައުތުރު

2023/2022 އަހަރުގެ އޭލެވެލް އިމްތިޙާނުން ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް ބޮޑު ކާމިޔާބީއެއް!

އޭދަފުށީގައި ހުންނަ ބ. އަތޮޅުގެ ތަޢުލީމީ މަރުކަޒުން އޭލެވެލް އިމްތިޙާން ހެދި ދަރިވަރުންގެ ތެރެއިން 8 ކުއްޖަކު ޤައުމީ ގަދަ 10 ގައި ހިމެނިއްޖެއެވެ.

ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ސްކޫލް ކަމަށްވާ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ވޭތުވެދިޔަ އަހަރު ގްރޭޑް 12 ފުރިހަމަކޮށް އެޑެކްސެލް އޭލެވެލް އިމްތިޙާން ހެދި ކުދިންގެ ތެރެއިން އަށް ކުއްޖަކު ވަނީ އެކި ވަނަތަކުން ޖާގަ ހޯދާފައެވެ. އެގޮތުން ޤައުމީ ގަދަ ދިހައެއްގެ 3 ވަނައިގާ ދެކުދިން، 5 ވަނައިގާ ދެކުދިން، 6 ވަނައިގާ ދެކުދިން އަދި 7 ވަނައިގާ ވެސް އެ ސްކޫލުގެ ދެކުދިން ހިމެނިފައިި ވެއެވެ. މިއީ ތަޢުރީފް ޙައްޤު، ފަޚުރުވެރި ކާމިޔާބީއެއް ކަމަށާއި، އެކަމާ ވަރަށް ބޮޑަށް އުފާކުރާކަމަށް ސްކޫލުން މަޢުލޫމާތު ދެއެވެ.

ކާމިޔާބު ހޯދި ދަރިވަރުންނަށް މަރްޙަބާ ކިޔުމަށް ޙިއްސާކުރި ޕޯސްޓްގައި، މުދައްރިސުން ކުރެއްވި ބުރަ މަސައްކަތަކަށް ޝުކުރު އަދާކޮށްފައި ވެއެވެ. އަދި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި، އެހީތެރިކަމަށްޓަކައި އެފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފައި ވެއެވެ. އެ ސްކޫލުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާ 8 ދަރިވަރުންނަކީ؛

  1. ހައްވާ ފަރަހަތު ނާޝިދު (3 ވަނަ)
  2. މަރިޔަމް ހަޒްމާ (3 ވަނަ)
  3. އިނާޒާ އަޙްމަދު ސަލީމް (5 ވަނަ)
  4. މަލްދާ ނަސީމް (5 ވަނަ)
  5. އިބްރާހީމް ރައިޝަން ޙުސައިން (6 ވަނަ)
  6. މޫސާ މިފްޒާލް ސައިފު ﷲ (6 ވަނަ)
  7. މައިޝް މުޙައްމަދު (7 ވަނަ)
  8. ސަމާން އަޙްމަދު ރަޝީދު (7 ވަނަ)

ހުރިހާ ކުދިންނަށް ވެސް މިލައުތުރު އޮންލައިންގެ ފަރާތުން ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވަން!

© 2023 milauthuru. All rights reserved.