އީދު ލައިޓު ހަރުކުރުމުގެ ކުރިން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގޮވާލައިފި

ޝާން މުޙައްމަދު | 25 މާރިޗު 2025 | އަތޮޅުތަކުން

އައްޑޫ ސިޓީގައި އީދު ލައިޓު ހަރުކުރުމުގެ ކުރިން ކަރަންޓުގެ މައްސަލަ ހައްރުކުރުމަށް  އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ސަރުކާރަށް ގޮވާލައިފި އެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގައި ކަރަންޓުގެ މައްސަލަ ޖެހޭތާ މިހާރު އެތައް މަހެއް ވެފައިވާއިރު އެ އަތޮޅުގެ  ރައްޔިތުން މި ރޯދަ މަހުގައިވެސް ދަނީ މިކަމުގެ ތަޖުރިބާ ކުރަމުންނެވެ.

Advertisement

މީގެ ކުރިން ފެނަކަ އިން ބުނީ މި ރޯދަ މަހަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ. ނަމަވެސް ރޯދަ މަސް ނިމެންދާއިރު ވެސް ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވާކަން ފާހަގަ ކުރެވެ އެވެ.

އިއްޔެ އާއި މިއަދު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެކި ވަގުތުތަކުގައި އެއް ގަޑިއިރަށް ކަރަންޓު ކަނޑާފައިވެ އެވެ.

Advertisement

ކަރަންޓުގެ މައްސަލައާއި ގުޅިގެން ޝުއާއު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓުގެ ޚިދުމަތް ކެނޑެމުންދާތާ މިހާރު އަހަރެއްހާ ދުވަސްވެފައިވާ ކަމަށާއި މިއީ އައްޑޫގެ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކާއި ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ.

ޝުއާއު ވިދާޅުވީ ސަރުކާރުން މި ރަމަޟާންމަހު ކަރަންޓު ނުކެނޑޭނެކަމުގެ ފޮނި އުންމީދުތަކެއް އައްޑޫގެ ރައްޔިތުންނަށް ދިން ނަމަވެސް މި ރަމަޟާންމަހު މުޅިންހެން މި ފެނުނީ އެހެން މަންޒަރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.