ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކަނޑިތީމު އަދި މަރޮށި ބައްދަލު ކުރި މެޗު ކަނޑިތީމު ތަފާތު ބޮޑުކޮށް ކާމިޔާބު ކޮށް މެޗު ނިންމާލާފައިވާ އިރު ޅައިމަގާއި ފޭދޫ ބައްދަލު ކުރި މެޗު ފޭދޫ އިން ކާމިޔާބު ކޮށްފިއެވެ.
ރެހެންދީ ފުޓްސަލް ދަނޑުގައި ރޭ ކުޅެވުން ށ. އަތޮޅު ބުރުގެ މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ކަނޑިތީމު އަދި މަރޮށި އެވެ. މި މެޗު 1-8 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައި ވަނީ ކަނޑިތީމު ޓީމުންނެވެ. ކަނޑިތީމު ޓީމަށް އެ ޓީމުގެ ޖާޒީ ނަންބަރު 27, ރައުލް ނިިޔާޒް 2 ލަނޑު ކާމިޔާބު ކޮށްދީފައިވާ އިރު ޖާޒީ ނަންބަރު 80، މުޙައްމަދު ޝާން ވެސް ވަނީ 2 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. އަދި އެ ޓީމިގެ ކުޅުން ތެރިން ކަމަށްވާ އިބްރާހިމް ނަދާދު، އިސްމާއިލް ނިހާނު އަދި އަޙްމަދު ޒަމީމު ވެސް މި މެޗުގައި ކަނޑިތީމަށް ލަނޑު ކާމިޔާބު ކޮށްދީފައިވާ އިރު މަރޮށި ޓީމުގެ އިސްމާއިލް ނަސީރު އަތުން ވަނީ ބައި ކޮޅަށް ގޯލައެއް ވަދެފައެވެ. މަރޮށި ޓީމަށް މި މެޗުގައި ޖެހުނު ހަމަ އެކަނި ލަނޑު ޖަހައިދީފައިވަނީ އެ ޓީމުގެ ޝައިބާން އުސްމާން އެވެ. ކަނޑިތީމު އަދި މަރޮށި ބައްދަލު ކުރި މި މެޗުގެ މޭން އޮފް ދަ މެޗު ކަމަށް ހޮވިފައި ވަނީ ކަނޑިތީމު ޓީމުގެ ރައުލް އެވެ.
ދެވަނަ މެޗުގައި ޅައިމަގު އަދި ފޭދޫ ބައްދަލު ކޮށް 1-2 ގެ ނަތީޒާ އަކުން މެޗު ކާމިޔާބު ކުރީ ފޭދޫ ޓީމެވެ. ފޭދޫ ޓީމަށް އެ ޓީމުގެ ޖާޒީ ނަންބަރު 47، އަހްމަދު ފާއިން އަދި ޖާޒީ ނަންބަރު 5، މުޙައްމަދު ސިރުފާން ލަނޑު ޖަހައިދީފައިވާއިރު ޅައިމަގު ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ޖާޒީ ނަންބަރު 10، އަބްދުލް ބާސިތް އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ މޭން އޮފް ދަ މެޗު ކަން ލިބިފައިވަނީ ފޭދޫ ޓީމުގެ ޖާޒީ ނަންބަރު 47، އަހްމަދު ފާއިން އަށެވެ.
މި މުބާރާތުގައި ދެން ށ.އަތޮޅުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު ބައްދަލު ކުރުމަށް ހަމަ ޖެހިފައިވަނީ ވާދަވެރި ފޯކައިދޫ އާއި ކަނޑިތީމުގެ އިތުރުން ޅައިމަގު އަދި ފީވަށް ޓީމެވެ. މި ދެ މެޗުވެސް ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާ އިރު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފޭސްބޫކް ޕޭޖު އިން މި ދެ މެޗުވެސް ވަގުތުން ދުރައް ދައްކާނެއެވެ.