ޝާން މުޙައްމަދު

ތަރުހީބު ބޮޑުވުމުން އެންމެ ފަހުން ”ސޮރީ“ ސިލޯނަށް ދަނީ

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ”ސޮރީ“ ގެ ޝޯތައް ސިލޯނު ނުވަތަ އަވައްޓެރި ސްރީ ލަންކާގައި ދައްކަން ހަމަޖެހިއްޖެ އެވެ.

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު ”’ސޮރީ“ ގެ ދެ ޝޯ ލަންކާގައި ބާއްވާނެއެވެ. މި ޝޯ ތައް ބާއްވަން ހަމަޖެހިފައި ވަނީ ސިޓީ ލައިޓް ސިނަމާގައި މާދަމާ ރެ އާއި ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ”ސޮރީ“ ލަންކާގައި ޕްރީމިއާކުރާ އިރު، ނަހުލާއާއި ފިލްމުގެ އެއް ބަތަލާ ކަމަށްވާ މަރިޔަމް އައްޒަ އެ ޝޯތަކަށް އެ ގައުމަށް މިހާރު ވަނީ ގޮސްފަ އެވެ.

ނަހުލާ ލިޔެ، ޑައިރެކްޓްކުރި ފިލްމުގެ ޝޯތައް އޮލިމްޕަހުގައި މިދިޔަ މަހުގެ 17 އިން ފެށިގެން ވަނީ ދައްކަން ފަށާފައެވެ. އަދި ރާއްޖޭގެ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވެސް އަންނަނީ މި ފިލްމު އަޅުވަމުންނެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ ”ސޮރީ“ ގެ މައިގަނޑު ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، އައްޒަ އާއި އަހުމަދު އީސަ (އާނަންދު) އަދި ވާޝިޔާ މުހައްމަދެވެ. މި ތަރިންނާ އެކު ފިލްމުގެ ވަރަށް މުހިއްމު ރޯލުތަކަކުން ކުޑަ ދެ އަންހެން ކުދިން ވެސް ފެންނާނެ އެވެ. އެއީ ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި އޭނަގެ މާމަދަރިއެއް ކަމަށްވާ އެވްލީ އެވެ.

”ސޮރީ“ ގެ ކާސްޓުން ޝީލާ ނަޖީބާއި ހުސައިން ސޮބާހާއި އަލީ ޝަމީލް، އައިމިނަތު ރަޝީދާ (އައިންތު) އަދި ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ނިޝާ ވެސް ފެންނާނެ އެވެ.