މިލައުތުރު

ކަނޑިތީމް ޓީމުން ފޯކައިދޫ އެފްސީ ކޮޅަށް 11 ލަނޑު ޖަހައިފި

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖެ 2024 ގައި މިއަދު ހަވީރު ފޯކައިދޫ އެފްސީ އާއި ދެކޮޅަށް ކުޅުނު ފުޓްސަލް މެޗް 11 – 1 ގެ ނަތީޖާ އަކުން ކަނޑިތީމް ކާމިޔާބުކޮށްފިއެވެ.

މެޗްގެ ފުރަމަތަމަ ފަސް މިނެޓުން ފެށިގެން މުޅި މެޗްގެ ކޮންޓްރޯލް ނަގާފައި ވަނީ ކަނޑިތީމުންނެވެ. އަދި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަލުވި ކުޅުމެއް ކުޅެފައި ވަނީ ވެސް ކަނޑިތީމްއެވެ. ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ފަހިކޮށް، ގިނަ ފުރުޞަތުތަކެއް ބޭނުން ހިފާ ލަނޑުތައް ކާމިޔާބު ކުރިއެވެ. ކަނޑިތީމް ޓީމްގެ އިބްރާހީމް ނަދާދް އެޓީމަށް 6 ލަނޑު ކާމިޔާބުކޮށްދީ ޑަބަލް ހެޓްރިކް ހަދާފައި ވެއެވެ. އަދި އެޓީމްގެ އަޙްމަދު ޒަމީމް 3 ލަނޑާ އެކު ހެޓްރިކެއް ހަދާފައި ވެއެވެ. އަދި ރައުލް ނިޔާޒް 1 ލަނޑު، މުޙައްމަދު ޝާން 1 ލަނޑު ކާމިޔާބުކޮށްދީފައި ވެއެވެ.

ފޯކައިދޫ އިން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް މުސީރުއެވެ. މިހާ ބޮޑު ތަފާތަކުން ބަލިވީ ކީއްވެގެންތޯ ސުވާލުކުރުމުން ފޯކައިދޫ އެފްސީގެ އިސް އޮފިޝަލަކު ވިދާޅުވީ މި މެޗަކީ މުހިންމު މެޗަކަށް ނުވާތީ، ބެންޗްގައި ތިބި ހުރިހާ ކުޅުންތެރިންނަށް ފުރުޞަތު ދޭން ބޭނުންވީ ކަމަށެވެ. މި މެޗުން މޮޅު ވިޔަސް އަދި ބަލިވިޔަސް ދެވަނަ ބުރަށް ދާނެކަމަށާއި، އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ.

8 Replies to “ކަނޑިތީމް ޓީމުން ފޯކައިދޫ އެފްސީ ކޮޅަށް 11 ލަނޑު ޖަހައިފި”

  1. ފޯކައިދޫ ބޮޑުމީހާ

    ފުލް ޓީމު ލިޔަސް ބަލިކުރާނަން

    1. Kudadhoo

      34 ލަނޑު ގަޅާލާފައި އޮތް ބައެއް ތީ މާބޮޑަށް ނުފުއްޕާ!

      1. ވރވހކ

        34 ލަނދު އެއީ މާޒީ..މިހާރަކު ނުވާނެ..ދެން ހަޖަމް ކޮއްލާ🖕🏾🖕🏾🖕🏾😂😂😂🫡🫡

      2. އަލީ

        މުނިކާފަމެން ޒަމާނުގެ ވާހަކަ ނުދައްކާ 😅

  2. ފޯކައިދޫ ބޮޑުމީހާ

    މިހާރަކު ތިޔަހެން ބިރެއް ނުދެއްކޭނެ ތިޔައީ މާކުރީގެ ވާހަަކަ ތިކިޔާ މެޗް ކުޅުނު ދެތިން މީހަކު މިހާރު ދުނިޔޭގަވެސް ހުރީ. މިހާރު ކުޅެން އެރީމަ ވާގޮތް ފެނެއެއްނު. ހެހެހެ
    ދެން ދާނީ ހަމަ ތިހާކައް ވަރުން

  3. ފޯކައިދޫ ކައުންސިލް

    ވަރައް އުޅުން މޮޅުވާން. އެކަމު ހަމަ ވާގޮތެއް ނުވިއެ

  4. Nasrulla

    މާކުރިތޯ އިހަށް ދުވަހު ނޫންތޯ ގިއްގަޅުވާލީ ށ. އަތޮޅު މުބާރާތުގައި ވެސް! މާ އަވަހަށް ފޮނު ތިޔަ އަރުވަނީ މިލަންދޫ ފާޑަށް!

  5. Kayli Koali

    މާ އަވަހަށް ވައް ވައް ޖަހާ ކުކުޅު ވަރަށް އަވަހަށް ވައި ވާނެ! ތިޔަ އަރާނެ ހިސާބަށް އަރާ ނިމުނިއްޔޭ!

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.