މިލައުތުރު

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޅައިމަގު/ފީވަށް ބައްދަލުކުރި މެޗް ޅައިމަގުން ކާމިޔާބުކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖެގެ ގުރޫޕް ސްޓޭޖްގައި މިއަދު ފީވަކު ޓީމާ ދެކޮޅަށް ކުޅުނު މެޗް 3 – 0 ގެ ނަތީޖާ އަކުން ޅައިމަގު ސްޕޯޓްސް ކްލަބް މޮޅުވެއްޖެއެވެ.

ޅައިމަގު ޓީމުން މޮޅު ކުޅުމެއް ކުޅެ މެޗް ކާމިޔާބު ކުރީ އިދިކޮޅު ޓީމަށް އެއްވެސް ލަނޑެއް ކާމިޔާބުކުރުމުގެ ފުރުޞަތު ނުދީއެވެ. އެޓީމަށް ކާމިޔާބު ކޮށްދިން 3 ގޯލް ކާމިޔާބުކޮށްދީފައި ވަނީ މުޙައްމަދު ރިޝްފާން އާއި، އާދަމް ރީހާން އާއި، އަބްދުލް ކަރީމް އަޙްމަދު އެވެ.

މެޗްގެ ފަހު ހާފުގެ އެންމެ ފަހު ވަގުތުކޮޅު ފީވަކު ޓީމުން ވެސް ސުމެއް ކަނޑާލުމަށް ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ޅައިމަގު ޑިފެންސާއި ގޯލްކީޕަރު އެފުރުޞަތެއް ނުދިނެވެ.

© 2023 milauthuru. All rights reserved.