އާމިނަތު ރައުދާ

ގޯލަޑަން ފުޓްސަލް ޗެލެންޖު 2024: ށ.އަތޮޅު ބުރުގެ ފައިނަލަށް ކަނޑިތީމު އަދި ފޭދޫ

މިހާރު ކުރިއަށްދާ ގޯލަޑަން ފުޓްސަލް ޗެލެންޖު 2024 ގެ ށ.އަތޮޅު ބުރުގެ ފައިނަލަށް ކަނޑިތީމު އަދި ފޭދޫ ދަތުރު ކޮށްފިއެވެ. މި ދެ ޓީމުން ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ރޭގައި ކުޅުނު ސެޏި ފައިނަލްގެ މެޗުތައް ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރުމަށްފަހުގައެވެ.

ސެމީ ފައިނަލްގެ ފުރަތަނަ މެޗުގައި ކަނޑިތީމު އަދި ޅައިމަގު ބައްދަލު ކޮށް ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ކޮށްފައި ވަނީ ކަނޑިތީމުންނެވެ. ކަނޑިތީމުން މެޗު ކާމިޔާބު ކޮށްފައި ވަނީ 6-1 ގެ ނަތީޖާ އަކުންނެވެ. ކަނޑީތީމު ޓީމަށް ލަނޑުތައް ޖަހައިދީފައިވާ ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ރައުލް ނިޔާޒް، އިބްރާހިމް ނަދާދު، އަސްމާއިލް ނިހާން، އަހްމަދު ޒަމީން އަދި މުޙައްމަދު ޝާން އެވެ. ޝާން ވާނީ އެ ޓީމަށް 2 ލަަަނޑު ކާމިޔާބު ކޮށްދިނުމަށް ފަހު މެޗުގެ މޮޅު ކުލުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. މެޗުގައި ޅައިމަގު ޓީމަށް ކާމިޔާބު ކުރެވުނު ހަމަ އެކަނި ގޯލަ އަކީ ކަނޑިތީމު ޓީމުގެ ނަދާދު އަތުން ބައިކޮޅައް ވަދެފައިވާ ގޯލައެކެވެ.

ކަނޑިތީމު އަދި ޅައިމަގު ބައްދަލު ކުރި މެޗުގެ މޮޅުކުޅުންތެރިޔާ ޝާން. ފޮޓޯ ސޯޝަލް މީޑިއާ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން.

 

ފޭދޫ އަދި ފޯކައިދޫ ބައްދަލު ކުރި ސެމީފައިނަލްގެ ދެވަނަ މެޗުގައި ފޭދޫ ޓީމުން ވަނީ 5-1 ގެ ނަތީޖާ އަކުން ފަަސޭހަ ކަމާއި އެކު ފޯކައިދޫ ކައިރިން ކުރި ހޯދައިފައެވެ. ފޭދޫ ޓީމަށް އެ ޓީމުގެ މުޙައްމަދު ސިރުފާނު 2 ލަނދު ޖަހައިދީފައިވާ އިރު އަހްމަދު ފާއިން، މާއިލް މުޙައްމަދު އަދި މާޒިލް މުޙައްމަދު ވެސް ވަނީ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ފޯކައިދު ޓީމުގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ހުސެން ނަބީހުއެވެ. މި މެޗުގަ މޭން އޮފް ފދަ މެޗަކަށް ހޮވިފައިވަނީ ފޭދޫ ޓީމުގެ ފާއިން އެވެ.

ކަނޑިތީމު އަދި ޅައިމަގު ބައްދަލު ކުރި މެޗުގެ މޮޅުކުޅުންތެރިޔާ ފާއިން. ފޮޓޯ ސޯޝަލް މީޑިއާ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

 

ކަނޑިތީމު އަދި ފޭދޫ ބައްދަކުރާ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ރޭ 20:00 ގައި ރެހެންދީ ފުޓްސަލް ދަނޑު 1 ގައެވެ.

© 2023 milauthuru. All rights reserved.