މިލައުތުރު

އޭރޯބްރިޖްގެ ޚިދުމަތާއި އެކު އައު ޓާމިނަލް ހުޅުވަން ތައްޔާރު ވަނީ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭ މުޅިން އައު ޓާމިނަލްގެ މަސައްކަތުގެ ބޮޑު ބައެއް ނިމި އޭރޯބްރިޖްގެ ޚިދުމަތާއި އެކު ހުޅުވަން ތައްޔާރު ވަމުންދާކަމަށް މީޑިޔާތަކުގައި ރިޕޯޓްކުރަން ފަށައިފިއެވެ.

ދިވެހިރާއްޖެ އަކީ އަހަރަކު ދޮޅު މިލިޔަނަށް ވުރެން ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށް ވެފައި، އެއާޕޯޓް ޓާމިނަލް ކުޑަވުމުން އޭގެ ދަތި ތަޙައްމަލް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެއާޕޯޓުގައި މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލް އަކީ ވަރަށް ކުޑަ އަދި ޚިދުމަތްތައް މަދު ޓާމިނަލްއެކެވެ.

އައު ޓާމިނަލްގެ ޚިދުމަތްތަކާއެކު ފަތުރުވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް އިތުރުވެގެން ދާނެކަމެކެވެ.

އައު ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިމި ޚިދުމަތް ދިނުމަށް ހުޅުވާލާނެ ވަކި ތާރީޚެއް އަދި އިޢުލާންކޮށްފައި ނެތަސް ދެން މާ ލަސްތަކެއް ނުވެ ޓާމިނަލްގެ މަސައްކަތްތައް ނިމިދާނެކަމަށް ބެލެވެއެވެ.

© 2023 milauthuru. All rights reserved.