މިލައުތުރު

ގޯލްޑަން ފުޓްސަލް ޗެލެންޖް-2024: ށ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑިތީމުން ހޯދައިފި

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލްގައި ރޭގައި ފޭދޫ ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗް 3 – 3 ގެ ނަތީޖާއަކުން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން މެޗް ކާމިޔާބުކުރީ ކަނޑިތީމް ފުޓްސަލް ޓީމުންނެވެ.

ދެޓީމުން ވެސް ވަރަށް ފޯރިގަދަ މޮޅުކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގައި ލަނޑުޖަހާނެ ފުރުޞަތުތައް ދެޓީމަށް ވެސް ލިބިފައި ވެއެވެ. ކަނޑިތީމް ޓީމުގެ އިބްރާހީމް ނަދާދު އެޓީމަށް 2 ލަނޑު، އަޙްމަދު ރިޒާން 1 ލަނޑު ކާމިޔާބުކޮށްދިނެވެ. ފޭދޫ ޓީމުގެ މާޒިލް މުޙައްމަދު އާއި އަޙްމަދު ފާއިން އާއި، މުޙައްމަދު ސިރްފާން އާއި މިތިން ކުޅުންތެރިން ކޮންމެ މީހަކު 1 ލަނޑު ކާމިޔާބުކޮށްދީ ނަތީޖާ ހަމަ ހަމަ ކުރިއެވެ. އެހެންކަމުން ޕެނަލްޓީ ޖަހައިގެން 8 – 6 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށް ށ. އަތޮޅުގެ ޗެމްޕިއަންކަން ކާމިޔާބުކުރީ ކަނޑިތީމް ފުޓްސަލް ޓީމެވެ.

މިލައުތުރު ފުޓްސަލް މުބާރާތް – 2023 ކާމިޔާބުކޮށް މިދިޔަ އަަހަރުގެ އަތޮޅު ޗެމްޕިއަންކަން ކާމިޔާބުކުރީ ވެސް ކަނޑިތީމް ފުޓްސަލް ޓީމެވެ. އެހެންކަމުން މިއީ ކަނޑިތީމް ފުޓްސަލް ޓީމަށް ވަރަށް ވެސް ކާމިޔާބު ސީޒަނެކެވެ.

© 2023 milauthuru. All rights reserved.