މިލައުތުރު

ލޯތްބާ ނުލާ ބަރުދަން ލުއިކުރުމަކީ ނާދިރުކަމެއް!

ހަށި ހެޔޮކޮށް، ލޫޅާފަތިކޮށް ތިބުމަކީ ހަމަ ކޮންމެ މީހަކު ވެސް ބޭނުންވާ އެކަމުން ހިތްހަމަޖެހުމާ އުފާވެރިކަން ލިބޭނެ ކަމެކެވެ. ދިރިއުޅުމުގެ އެކި އެކި މަރުޙަލާތަކުގައި އެމީހަކަށް އެކަށީގެންވާ މިންވަރަކަށް ލޯބި ނުލިބުމަކީ ބަރުދަން އިތުރު ވުމަށް ދިމާވާ ސަަބަބެއް ކަމުގައި ދިިރާސާތަކުން ދައްކައެވެ.

ބައެއް މީހުންގެ ނަޒަރުގައި އާދަޔާ ޚިލާފަށް ބަރުދަން އިތުރުވެ މީހާގެ ދުޅަ ހެޔޮކަމަށް އަސަރުކުރާ މިންވަރަށް ސަރުބީ ޖަހަނީ މާބޮޑަށް ލޯބި ލިބޭތީއެވެ. ނަމަވެސް ޙަޤީޤަތަކީ އަދި އެއީ އެއް ނޫނެވެ. ލޯތްބަކީ ޙަޔާތުގެ ގުޅުންތަކާއި އުޅުންތަކާ މުޢާމަލާތްތައް ރަނގަޅުވެ ހިތަށް ތަސައްލީ އާއި ހިތްހަމަޖެހުން ގެނެސްދޭނެ ވަރަށް ވެސް މުހިންމު ޖަޒުބާތެކެވެ. އެކަށީގެންވާ މިންވަރަށް ލޯބި ލިބޭ ނަމަ، ބައްޓަން ފުރިހަމަކޮށް ހުރުމަށްޓަކައި ވަގުތު ހުސްކުރެވޭނެއެވެ. ލޯބި ލިބޭ ފަރާތަކަށް ލޯބި ދިނުމަށްޓަކައި މަސައްކަތް ކުރެވޭނެއެވެ.

އަދި ޞިއްޙަތަށް ފައިދާކުރަނިވި ކާނާ ބޭނުންކުރުން ގިނަވާނެއެވެ. އަދި ކެއުން ބުއިމުގެ އާދަކާދަތައް ރަނގަޅުވެ ކާހިތް ނުވުން ފަދަ ކަންކަމުން ސަލާމަތް ވާނެއެވެ. އެހެން ކަމުން ކާގަޑިތަކަށް ސަމާލުކަން ދިނުމާއި، އެއްފަހަރާ މާގިނައިން ކާން ނުޖެހުން ވެގެންދަނީ ބަރުދަން ލުއިކޮށްދޭނެ ކަމަކަށެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ވެސް ބަރުދަން ލުއި ނުވެގެން ކަންބޮޑުވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ. އަދި ބަރުދަން ލުއި ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ސުވާލުކޮށް މަޢުލޫމާތު ހޯދާ މީހުން ވެސް މަދެއް ނޫނެވެ. މީގެން ދަލާލަތު ކޮށްދެނީ މުޖުތަމަޢުގައި ލޯތްބާ އަޅާލުން އިތުރު ވާން ވެއްޖެކަމެވެ. ފަރުދުންގެ ދުޅަ ހެޔޮކަމަށް ލޯތްބާ އަޅާލުމަކީ ކޮންމެހެން ބޭނުންވާ އެއްޗެއް ކަމެވެ. އަދި ލޯބި ލިބޭނީ ވެސް ލޯބި ދީގެން ކަމެވެ.

© 2023 milauthuru. All rights reserved.