ގޯލްޑަން ފުޓްސަލް ޗެލެންޖް ބ. އޭދަފުށިން ކާމިޔާބުކޮށްފި

މިލައުތުރު | 7 މާރިޗު 2024 | ކުޅިވަރު

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އޭދަފުށިން ހޯދައިފިއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ލ. ގަމާ ދެކޮޅަށް ކުޅުނު ފައިނަލް މެޗް ކާމިޔާބުކުރީ 4 – 2 ގެ ނަތީޖާއަކުންނެވެ.

މެޗްގެ ފުރަތަމަ މިނެޓްކޮޅުގައި އޭދަފުށިން ވަނީ ވިދި ވިދިގެން ދެ ގޯލް ކާމިޔާބުކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗްގައި ދެ ޓީމަށް ވެސް ގޯލް ޖަހާނެ ފުރުޞަތުތަކެއް ވަނީ ލިބިފައެވެ.

Advertisement

ލ. ގަމުން ޗެމްޕިއަންކަން ދިފާއުކުރުމަށް ހިތްވަރުކޮށް މޮޅު ކުޅުމެއް ދެއްކިއެވެ. އެހެން ނަމަވެސް އޭދަފުށީގެ ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް ކުރި ހޯދޭގޮތެއް ނުވިއެވެ.

Advertisement

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު ކުޅުންތެރިޔާ ސެންޓޭއަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.