މިލައުތުރު

އިންޑިޔާ އާއި ޗައިނާ އާއި ދެމެދު ހިނގާ އިޤްތިޞާދީ ހަނގުރާމައިގެ ތެރޭގައި ރާއްޖެ ފިތި ބާރުވަނީ…

ދިވެހިރާއްޖޭއާ އަވައްޓެރި އިންޑިޔާއާ ދެމެދު އޮތް ރަޙްމަތްތެރި ގުޅުމަށް ބުރޫތަކެއް އަރައިފިކަން އެއީ ޔަޤީންކަމެކެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށް ނުހަނު ބޮޑު ގެއްލުން ވެސް ވެއްޖެއެވެ. ސިޔާސީ ވެރިންގެ ގޮތްދޫނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިޔާގެ ފަތުރުވެރިން އައުން މަދުވެއްޖެއެވެ. އަދި ނިސްބަތުން ޗައިނާގެ ފަތުރުވެރިން ގިނަވެފައެއް ވެސް ނުވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް ލިބެމުންދަނީ ހާސްކަމާ ނުތަވަސްކަމެވެ. އެހެނީ ބޭރުގެ ގިނަ އިންވެސްޓަރުން ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓް ކުރަނީ އެމީހުން އިންވެސްޓްކުރާ ފައިސާ އެންމެ އަވަހަށް ކަވަރުކުރެވޭ ޤައުމަކީ ދިވެހިރާއްޖެ ކަމަށް ވީތީއެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް އަރާ ކޮންމެ ލޮޅުމެއްގެ ސަބަބުން އެމީހުންގެ މާލީ މި މަންފާއަށް އަސަރުކުރާނެއެވެ.

ސިޔާސީ ކަނާއަތުފިޔައިގެ މީހުން ދެކޭގޮތުގައި އިންޑިޔާ ފަތުރުވެރިން ނައުމުން ދިވެހިރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތެވެ. އަދި އިންޑިޔާގެ އެހީއެއް ދުވަހަކު ނުލިބުނަސް ވެސް އެންމެ ރަނގަޅެވެ. އެހެން ނަމަވެސް އެއީ ޙަޤީޤަތް ނޫންކަން ޚުދު އެމީހުންނަށް ވެސް އެނގޭނެއެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީ ދިވެހިރާއްޖެއަށް ނޫނެކޭ ބުނުމަކީ ކުޑަކަމެއް ނޫނެވެ. ސަބަބަކީ އިންޑިޔާގެ ސްޓޭންޑާ އިންޑިޔާގެ އިސްނެގުމަށް މުޅި ދުނިޔެ ވެސް ބަލާނެއެވެ.

ޤަބޫލުކުރަންޖެހޭ ޙަޤީޤަަތަކީ ދުނިޔޭގެ ކޮންމެ ޤައުމަކަށް ވެސް އިންޑިޔާ ފަދަ ބޮޑު އިޤްތިޞާދެއް ރާއްޖެ ފަދަ ކުޑަ ކުޑަ އިޤްތިޞާދަކަށް ވުރެ މުހިންމު ވާނެއެވެ. އިންޑިޔާއާ ޒާތީކޮށް ވިއްދާލައިގެން ރާއްޖެއަށް ސަލާމަތެއް ނެތެވެ. ސިޔާސީ ވެރިން މިޖަހާ ސަކަރާތް ހުއްޓާލާކަށް ނުވޭތޯއެވެ.

One Reply to “އިންޑިޔާ އާއި ޗައިނާ އާއި ދެމެދު ހިނގާ އިޤްތިޞާދީ ހަނގުރާމައިގެ ތެރޭގައި ރާއްޖެ ފިތި ބާރުވަނީ…”

  1. ބާސް

    ތި ހަބަރު ލިޔަނީ އެއްކޮޅަށް ބުރަވެ ހުރެ.. ތަންކޮޅެއް އާރުލާ ޙަބަރު ފެކްޓް އާއެކު ލިޔެލަބަލަ.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.