މިލައުތުރު

މޯލްޑިވްސް ވޭވްގައި މަކަރާ ޙީލަތުން އެތައް މިލިޔަނެއް ފޭރެނީ، ޝަލަބީ އެތަން އިޝްތިހާރުކުރުމުގައި.

އަމިއްލަ ބްރޭންޑެއްގެ ގަޑި އުފައްދާ ކަމަށް ބުނެ ފޭކް ގަޑިތަކެއް ވިއްކަމުން ގެންދާ މޯލްޑިވްސް ވޭވްގެ ވެރިޔާ ޒާޖީ ސުޖާއު އެތައް ބައެއްގެ އަތުން މަކަރާ ޙީލަތުން އެތައް މިލިޔަން ރުފިޔާއެއް ފޭރިގަތުމަށް ފަހު ރާއްޖެ ދޫކޮށް ފިލުމުން ވެސް މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އޭނާގެ އިންސްޓަގްރާމްގައި އެތަން އިޝްތިހާރުކުރުން ހުއްޓައެއް ނުލައެވެ.

ޗާންދަނީ ސުޖާއުގެ ދަރިފުޅުގެ މޯލްޑިވްސް ވޭވްގެ ބްރޭންޑް އެމްބަސެޑަރަކީ އަދިވެސް ޝަލަބީއެވެ. ރާއްޖޭގެ އެތައް ބައެއްގެ އެތަކެއް އަހަރެއްގެ މަސައްކަތުން ހޯދާފައިވާ ފައިސާތައް މަކަރާ ޙީލަތުން ސްކޭމްކޮށްގެން ހިންގަމުން ގެންދާ ވިޔަފާރިއެއްގެ ބްރޭންޑް އެމްބަސެޑަރުކަން ޝަލަބީ ޤަބޫލުކުރުމުން ސަޕޯޓަރުންގެ ނުރުހުން ކުރިން ވެސް ވަނީ އަމާޒުވެފައެވެ.

ރާއްޖޭގެ އެންމެން ވެސް މިހާރު ޤަބޫލުކުރާ ގޮތުގައި މޯލްޑިވްސް ވޭވް ފިހާރައިގާ ވިއްކަނީ ވަރަށް ފެންވަރު ދަށް ފޭކް ގަޑިއެވެ. އަދި އެއީ އަލިއެކްސްޕްރެސް އިން ގަންނަ ޗައިނާގެ އެންމެ ފެންވަރު ދަށް ގަޑިތަކެއް ކަމަށް ވެސް ތުހުމަތު ކުރެވެއެވެ. އެގޮތުން އެންމެ 10 ރުފިޔާއަށް ގަންނަން ލިބޭ ގަޑި މޯލްޑިވްސް ވޭވް ސްޓިކާ ޖެހުމަށް ފަހު ވިއްކަނީ 10،000 ރުފިޔާއަށް ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ.

އެންމެ ފަހުން ގަޑި ވިއްކުމުގައި ހެދި މަކަރުތައް ފަޅާއެރުމުން ކާރު ގެނެސްދިނުމުގެ ނަމުގައި 30 މިލިޔަން ރުފިޔާގެ މަކަރާ ހީލަތް ހަދާފައި ވާކަމަށް ކުރުސީ އެކްސްގައި ރިޕޯޓްކޮށްފައި ވެއެވެ. އަދި އެހުރިހާ ފައިސާއެއް ވެސް ވަނީ އޭނާ ބޭނުންކޮށްފައި ކަމަށެވެ.

© 2023 milauthuru. All rights reserved.