މިލައުތުރު

ބިއަންކޯ ސްޕޯޓްސް ކްލަބުން އިންތިޒާމުކުރާ ފިޠުރު ޢީދު ކަޕްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި.

ކ. މާފުށީގައި ކުޅިވަރު ޙަރަކާތްތައް ހިންގާ ބިއަންކޯގެ ފަރާތުން ފިޠުރު ޢީދާ ގުޅުވައިގެން އިންތިޒާމުކުރާ އެއްދުވަހުގެ މުއްދަތަަށް ބޭއްވޭ ފުޓްސަލް މުބާރާތް “ޢީދު އަލް-ފިޠުރު ފޯރ ދަ ވިން” ގައި ބައިވެރިވުމުގެ ފުރުޞަތު ޓީމްތަކަށް ހުޅުވާލައިފިއެވެ.

ބިއަންކޯގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޙިއްސާކޮށްފައި ވާގޮތުން މި މުބާރާތް އޮންނާނީ މާފުށީ ފުޓްސަލް ދަނޑުގައެވެ. އަދި މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން 2 އޭޕްރީލް 2024 ގެ ކުރިން ފޯމް ހުށަހެޅުއްވުމަށް އެދޭކަމަށެވެ.

މިހާރު ކުރިއަށް ދަނީ މުބާރާތަށް ތައްޔާރުވުމުގެ އިދާރީ މަސައްކަތްތައް ކަމަށް ވެސް ބިއަންކޯ އެސްސީން މަޢުލޫމާތު ދެއްވައެވެ. އަދި ރަނގަޅު ސްޕޮންސަރުތަކާއެކު ރަނގަޅު އިނާމުތަކެއް ދެވޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 9444663 ނަންބަރަށް ގުޅުއްވުމުން މަޢުލޫމާތު ލިބޭނެކަމަށް ވެސް ބިއަންކޯގެ އިޢުލާންގައި ބުނެފައި ވެއެވެ.

© 2023 milauthuru. All rights reserved.