މިލައުތުރު

ކޮމަންޑޫ ދާއިރާގެ ޕީއެންސީގެ މުގުލަށް އެމްޕީ ރާޑޯ ގަދަކޮށް ސިޔާސީ ކުރިމަގު ކަށަވަރުކޮށްފި.

ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ މިހާރުގެ މެންބަރު މުޙައްމަދު ރާޝިދު އެމްޑީޕީ ދޫކޮށް ދިޔައީ ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި ކަމަށާއި، ލިބުނު އެއްވެސް މަންފާއެއް ނޯންނާނެ ކަމަށް ވިދާޅުވެ ކޮމަންޑޫ ދާއިރާގެ ޕީއެންސީގެ މުގުލަށް ހެޔޮވަރު ކޮށްލައްވައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ޕީއެންސީގެ ސްޓިއަރިންގ ކޮމިޓީއެއްގެ މެންބަރަކު ނަން ހާމަނުކުރުމަށް ޝަރުޠުކޮށް މިލައުތުރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރާޑޯ ވެސް އިޚްލާޞްތެރިކަމާއެކު އެޕާޓީއަށް ވަޑައިގަތުމުން އުފާކުރާ ކަމަށާއި، ދެން އަންނަ ދަޢުރެއްގައި ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ޕީއެންސީ ރައީސްކަމަށް އެމަނިކުފާނު ގެންނެވުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.

ރާޑޯ ޕީއެންސީ ލީޑަރޝިޕަށް ވަޑައިގަތުމުން ހިތްހަމަނުޖެހޭ ބަޔަކު އެބަތިބިކަމަށާއި، އެއީ ނިސްބަތުން މަދު ބައެއް ކަމަށެވެ. އަދި އެެހެން ނޫނަސް ސިޔާސީ ކަންކަމަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫންކަމަށާއި، ލީޑަރޝިޕަކީ ވެސް ބަދަލުވާ އެއްޗެއް ކަމަށެވެ.

އެމްޕީ ރާޑޯގެ ސިޔާސީ ކުރިމަގު ގެއްލިއްޖެ ކަމަަށް ބުނަމުން އައި މީހުންނަށް މިޚަބަރަކީ ބޮޑު ސިހުމަކަށް ވާނެކަން ޔަޤީނެވެ. އަދި މިކަމުން ދޭހަވަނީ ރާޑޯގެ ސިޔާސީ ކުރިމަގު އަލުން ފެށެނީ ކަމެވެ. އަދި ދެން ފެންނާނީ ޕީއެންސީގައި މާގަދަކޮށް ކަމަށާއި، ސިޔާސީ ގޮތުންނާއި މާލީ ގޮތުން ވެސް ކުރިއަށް ވުރެ ބާރުވެރި ވާނެކަމަށެވެ.

© 2023 milauthuru. All rights reserved.