ރައީސް ޙައްޖަށް ވަޑައިގެން ވެސް އަވަދި ނެތި އުޅުއްވަނީ ސިޔާސީ މަސައްކަތްތަކުގައި ކަމަށް ތުހުމަތުކޮށް ފާޑުކިޔަން ފަށައިފިއެވެ.
މިއަހަރުގެ ޙައްޖުގެ ކަންކަން އިންތިޒާމް ކުރެވިފައިވާލެއް ފުރިހަމަކަމުން މީހުންގެ ތައުރީފު ވެސް ލިބިފައިވަނިކޮށް ރައީސް މައްކާއަށް ވަޑައިގެން ދިވެހި ޙާޖީން އެއްކުރައްވައިގެން އަޅުކަމުގެ ބޭރުން ވަގުތުތައް ހޭދަކުރެއްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްތޯ މީހުން ސުވާލު އުފައްދަން ފަށައިފިއެވެ. އުމުރު ދުވަހު ކުޅަ މަސައްކަތުން އެއްކުރި ފައިސާގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިއުމުގެ ފުރުޞަތު އިރާދަކުރެއްވުމުން، ސިޔާސީ ބައްދަލުވުންތަކުގައި އެންމެ މިނެޓެއް ހޭދަކުރުމަކީ ވެސް ބޭކާރުކަމެއް ކަމަށާއި، އެފަދަ ކަންކަން އިންތިޒާމް ކުރުމަކީ ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ފާޑުކިޔާ ބައެއް މީހުން ބުނެއެވެ.
އަދި ހަމަ އެހެންމެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ރައީސްގެ ހިތްހެޔޮ ކަމާއި ރައްޔިތުން ދެކެ ވާ ލޯބި ދެއްކުމަށްޓަކައި ސޯޝަލް މީޑިޔާގައި ޕޯސްޓްތައް ހިއްސާކުރަމުން އެބަ ގެންދެއެވެ. މި އަހަރުގެ ޙައްޖު (އަރަފާތު) ދުވަހަކީ 5 ޖޫން 2025 ވާ ބުރާސްފަތި ދުވަހެވެ.
2 Replies to “ރައީސް ޙައްޖަށް ވަޑައިގެން ވެސް ސިޔާސީ މަސައްކަތްޕުޅުގައި އަވަދި ނެތި.”
Sheikh Haseena
asluves dhen hajjuverin thibey jalsaa thakugai dhen sai boyefaa selfie negeemaa varah savaabuthah libeyne. heyonuvaane dhuniye edhunverikan dhookollaafa alhukamaa thaquvaagai hurihaa vagutheh ves Heysham kobbalaa
ބައްސާމް
ކައުންސިލް އިންތިޚާބަށް ވޯޓެއް އިތުރު ކުރެވޭތޯ ބަލަންވާނެ، ރައީސް ދިޔައީ ކޮންމެހެން ހައްޖުވާކަށް ނޫން، ފްރީކޮށް ދެވޭތީ އެއްޗެއް އަތުއަޅުވާލެވޭތޯ.
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި