20 ވަނަ ރައްޔިތުންގެ މަޖިލިސްއަށް މެންބަރުން އިންތިޚާބު ކުރުމަށް އިއްޔެގައި ބޭއްވި ޢާންމު އިންތިޚާބުގެ ވަގުތީ ނަޖީތާތަކުން ކަށަވަރުވާ ގޮތުގައި 15 އަހަރު ދުވަހުގެ ދިގު ތާރީޚް ބަދަލުކޮށްލާ ކޮމަންޑޫ ދާއިރާގެ ގޮނޑި ޕީޕީއެމް ޕީއެންސީން ކާމިޔާބު ކޮށްފިއެވެ. މީގެ ކުރިން ކޮމަންޑޫ ދާއިރާ އަކީ އެމްޑީޕީގެ ވަރަށް ގަދަ ދާއިރާއެކެވެ.
ކޮމަންޑޫ ދާއިރާއަށް އިންތިޚާބުވެފައި ވަނީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި މުޙައްމަދު އިބްރާހީމްއެވެ. މުޙައްމަދު އިބްރާހީމް ކޮަމަންޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ. އެމަނިކުފާނު ކާމިޔާބު ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް ކޮމަންޑޫގެ މިހާރުގެ ރައީސް މުޙައްމަދު ސިނާންގެ މައްޗަށް ސާފު އަޣުލަބިއްޔަތު ހޯއްދަވައިގެންނެވެ.
ކޮމަންޑޫ ދާއިރާގެ މިހާރުގެ ޢިއްޒަތްތެރި މެންބަރަކީ ފޯކައިދޫ މުޙައްމަދު ރާޝިދު (ރާޑޯ) އެވެ. އެމަނިކުފާނު އިންތިޚާބުވީ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓާ ވާދަކުރައްްވާ އެމްޑީޕީ މެންބަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަން ބަދަލުވެ، ޕީއެންސީއަށް ވެރިކަން ލިބުމުން އެމްޑީޕީ ދޫކުރައްވާ ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރެއްވިއެވެ.
ކުރީގެ މެންބަރު ޙަސަން މުފީދު
މުޙައްމަދު މަމްދޫޙް (މަންޑޭ)
އަމީން ފައިސަލް
ކޮމަންޑޫ ދާއިރާގެ އިތުރުން މިލަންދޫ ދާއިރާ އާއި ފުނަދޫ ދާއިރާގެ ގޮނޑި ވެސް ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. ފުނަދޫ ދާއިރާއަށް އިންތިޚާބުވީ މުޙައްމަދު މަމްދޫޙް (މަންޑޭ)އެވެ. އަދި މިލަންދޫ ދާއިރާއަށް އިންތިޚާބުވީ ކުރީގެ މެންބަރު ޙަސަން މުފީދުއެވެ. ކަނޑިތީމް ދާއިރާއަށް އިންތިޚާބުވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަމީން ފައިސަލްއެވެ.